Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"އެ ކުލަ މި ކުލަ" ޕްރޮމޯޝަން ފަށައިފި

އެސްޓީއޯ އިން ނިޕޯން ޕެއިންޓަށް ހާއްސަކޮށްގެން "އެކުލަ މިކުލަ ޕްރޮމޯޝަން" ފަށައިފި އެވެ.

އެސްޓީއޯގެ ކޮންސްޓްރަކްޝަން މެޓީރިއަލްސް ފިހާރައިގައި އޮތް އިއްޔެ ބޭއްވި ހަފުލާއެއްގައި މި ޕްރޮމޯޝަން އިފުތިތާހު ކޮށްދެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖާ މަރިޔަމް ޕަރުވީން އަބްދުލް ފައްތާހެވެ.

ޕްރޮމޯޝަންގައި ނިޕޯން ޕެއިންޓްގެ ކުލަތައް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ޕްރޮމޯޝަން އެސްޓީއޯ ކޮންސްޓްރަކްޝަން މެޓީރިއަލްސް އާއި އެސްޓީއޯ ހުޅުމާލެ ފިހާރަ އަދި އެސްޓީއޯ ލ. ފޮނަދޫ ފިހާރައިގައި މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.

މި ޕްރޮމޯޝަންގައި ނިޕޯންގެ އުފެއްދުންތަކުން ވިޔަފާރިކުރުމުން 8-10 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ އެވެ. މީގެ އިތުރުން ނިޕޯންގެ އުފެއްދުންތަކުން ކުރާ ކޮންމެ ވިޔަފާރިއަކާ އެކު 10 ޕަސެންޓުގެ ހާއްސަ ޑިސްކައުންޓް ކޫޕަނެއް ލިބޭނެ އެވެ. ނިޕޯންގެ އުފެއްދުންތަކުން ވިޔަފާރިކުރުމަށް މި ކޫޕަން ބޭނުން ކުރެވޭނެ އެވެ.