Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ދަރިވަރަކު ރޭޕްކުރި ޓީޗަރަކު ހައްޔަރުކޮށްފި

ދަރިވަރަކު ރޭޕްކޮށްގެން ސްރީ ލަންކާގައި ޓިއުޝަން ޓީޗަރަކު ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 15 އަހަރުގެ އަންހެން ދަރިވަރު ރޭޕްކުރި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ ޓީޗަރެކެވެ. އޭނަ ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިއުމުން ކުލިޔަޕިޓިޔާ މެޖިސްޓްރޭޓް ކޯޓުން ބަންދުގެ މުއްދަތަށް 15 ދުވަސް ޖަހާފައިވެ އެވެ.

ދަރިވަރު ރޭޕްކުރި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، ފުލުހުން ބުނީ އެކަންކޮށްފައި ވަނީ ދަރިވަރު ގްރޫމްކޮށް، ލޯބީގެ ގުޅުމެއް ބޭއްވުމަށް ފަހު ކަމަށެވެ. އަދި އެ ހާދިސާ ގުޅިގެން ދަރިވަރުގެ އަތުން ދަރިމައިވުމުން ދުރުކޮށްދޭ ބޭސްތަކެއް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ކުރިން ވެސް ލަންކާގެ ސްކޫލްތަކާއި ޓިއުޝަން ޓީޗަރުންގެ ފަރާތުން ދަރިވަރުންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ފެންމަތިވެފައިވެ އެވެ.