Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ރައީސްގެ ދެވަނަ ދައުރަކީ ކަނޑުމަގުން ހަނދަށް ދިއުން

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރެއް ހޯދަން އުޅުމަކީ ކަނޑުމަގުން ހަނދަށް ދިއުން ފަދަ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓްގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމުމާ ގުޅިގެން އެކަމާ ވެސް ގުޅުވައި ޕީޕީއެމަށް ނިސްބަތްވާ މެމްބަރު ކުރެއްވި ޓްވީޓްތަކެއްގައި ވަނީ ވިދާޅުވީ ސިޔާސީ ނުފޫޒަށް ދީލައި ނުލުމަށް ގޮވާލައްވައިފަ އެވެ. އޭނާ ވިދާޅުވީ ނުފޫޒަށް ހުކުމްކުރި ފަނޑިޔާރުންނަށް ވީގޮތް އިބުރަތަކަށް ފުދޭ ކަމަށެވެ. އަދި ކުރިން ވަރުގަދަކަން ދެއްކެވި ފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައީދާއި އަލީ ހަމީދު މިހާރު ކޮބައިތޯ ސުވާލު ކުރައްވާފައިެވ އެވެ.

"ރައީސް ސޯލިހު، ވެރިކަމުގެ އިތުރު ދައުރެއް ހޯދުން އެެއީ ކަނޑުމަގުން ހަނދަށްދާން އުޅުންކަހަލަ ކަމެއް." ޓޮމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގޮތުގައި މިހާރު މިކަން މި ދަނީ ނިމޭށެވެ.

ޓޮމް ތުހުމަތުކުރެއްވި މަހާޒްގެ ސުލޫކީ މައްސަލައެއް މި ދަނޑިވަޅުގައި ބަލަން ނިންމީ ދަށު ކޯޓްގައި ހުކުމް ކުރަން އޮތް ރައީސް އަބްދުﷲ ޔާމިންގެ މައްސަލައަށް ނުފޫޒުފޯރުވުމުގެ ގޮތުންނެވެ. އަދި މަހާޒްގެ މައްސަލައެއް ބަލަން ނިންމުމކީ އެކަމުގެ އަލިގަދަ ހެއްކެކެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ބުނެފައި ވަނީ މަހާޒްގެ މައްސަލައެއް ބަލަން ނިންމީ ސުޕްރީމް ކޯޓުން ބެއްލެވި އިސްތިއުނާފަ މެދު އެ ކޯޓުން ހުކުމް ކުރި ގޮތާ ގުޅިގެން އެކަން ފާހަގަކުރުމަށް، އިސްތިއުނާފުގައި ހިމެނޭ ޚަޞްމަކާ ގުޅުން އޮންނަ ފަރާތަކުން ފޮނުވި ފަރީއްކޮޅާ މަހާޒުޙަވާލުވެވަޑައިގެންފައި ވާކަމަށް ބުނާ މައްސަލައެއްގައި ކަމަށެވެ.