Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

އެންމެ އަގުބޮޑީ ނިއު ޔޯކާއި ސިންގަޕޫރް

ދިރިއުޅުމުގެ ހަރަދުގެ ނިސްބަތަށް ބަލާ އިރު މި އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ސިޓީތަކަކީ އެމެރިކާގެ ނިއު ޔޯކާއި ސިންގަޕޫރް ކަމަށް އިނޮކޮމިކް އިންޓަލެޖިންސް ޔުނިޓް (އީއައިޔޫ) ގެ އަހަރީ ސާވޭގައި ބުނެފި އެވެ.

މިިއީ މި ލިސްޓްގެ ކުންނަށް ނިއު ޔޯކް އެރި ފުރަތަމަ ފަހަރެވެ. ސިންގަޕޫރް ފާހަގަކޮށްލެވެނީ ދެކުނު އޭޝިއާގެ އެންމެ ތަރައްގީ އެއް ގައުމުގެ ގޮތުގަ އެވެ. އީއައިޔޫގެ އެއް ވަނައިގައި މިދިޔަ އަހަރު އޮތް އިޒްރޭލުގެ ތެލް އަވީވް މި ފަހަރު އޮތީ ލިސްޓްގެ ތިން ވަނައިގަ އެވެ.

އެންމެ އަގުބޮޑު ސިޓީތަކުގެ ލިސްޓަށް ބަލާ އިރު ހޮންކޮންގާއި އެމެރިކާގެ ލޮސް އެންޖެލިސް އޮތީ ހަތަރު ވަނައިގަ އެވެ. ހަ ވަނައިގައި ނިއު ޒީލެންޑްގެ ޒިއުކްރިކް އޮތް އިރު، ހަ ވަނައިގައި އޮތީ އެ ގައުމުގެ ޖެނީވާ އެވެ. އަށް ވަނައިގައި އެމެރިކާގެ ސެން ފްރާންސިސްކޯ އޮތް އިރު، ނުވަ ވަނަ އަކީ ފްރާންސްގެ ޕެރިހެވެ. އަދި 10 ވަނައިގައި އޮތީ އޮސްޓްރޭލިއާގެ ސިޑްނީ އާއި ޑެންމާކްގެ ކޯޕަންހޭގަން އެވެ.

އީއައިޔޫ އިން ބުނި ގޮތުގައި އެންމެ އަގުބޮޑު ސިޓީތަކުގެ ދިރިއުޅުމުގެ އަގު މި އަހަރު ހުރީ އެވްރެޖްކޮށް 8.1 ޕަސެންޓްގަ އެވެ. އަދި މިގޮތަށް ދިމާވި ސަބަބުތަކުގެ ތެރޭގައި މި އަހަރުގެ ކުރީކޮޅު ރަޝިއާ އިން ޔުކްރޭނަށް ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިގުތިސާދަށް އެރި ލޮޅުންތަކާ އެކީ ގައުމުތަކު އިންފްލޭން މައްޗަށް ޖެހުމާއި ޑޮލަރުގެ އަގަށް އައި ބަދަލުތައް ހިމެނެ އެވެ.

މި އަހަރު ދިރިއުޅުމުގެ ހަރަދުތަކަށް އައި ބަދަލުތަކާ އެކު އެންމެ އަގުހެޔޮ ސިޓީތަކުގެ ތެރޭގައި ސްރީ ލަންކާގެ ކޮލޮންބޯ އާއި އިންޑިއާގެ ބެންގަލޫރާއި އަލްޖީރިއާގެ އަލްޖިއާސް އާއި އިންޑިއާގެ ޗެންނާއީ އާއި ޕާކިސްތާންގެ އިސްލާމްއާބާދާއި ކަޒަކަސްތާންގެ އަލްމަޓީ އާއި ޕާކިސްތާންްގެ ކަރާޗީ އާއި އުޒްބެކިސްތާނުގެ ޓަޝްކެންޓާއި ޓިއުނީޝީއާގެ ތޫނިސްގެ އިތުރުން އިރާންގެ ތެހެރާން ހިމެނެ އެވެ.