Last Updated: July 22, 18:06
Wednesday, July 22, 2026
މުނިފޫހިފިލުވުން

"ހެރީ އެންޑް މޭގަން" ގެ ޓީޒާއެއް

ޕްރިންސް ހެރީ އާއި އަނބިކަނބަލުން މޭގަން މާކަލްގެ ޑޮކިއުމަންޓްރީ ސީރީޒްގެ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

ނެޓްފްލިކްސް އަށް ދޫކޮށްލަން ތައްޔާރުވާ "ހެރީ އެންޑް މޭގަން" ގެ ޑައިރެކްޓަރަކީ "ވަޓް ހެޕެންޑް، މިސް ސައިމަން؟" ގެނެސްދިން ލިޒް ގާބަސް އެވެ. އޭނަ ބުނި ގޮތުގައި ހެރީ އާއި މޭގަންގެ ސީރީޒަކީ ޝައުގުވެރި އެތައް ކަމެއް އަދި އެ ބޭފުޅުންގެ ޒާތީ އެތައް ކަމަށް ވަރަށް ގާތުން ދައްކުވައި ދޭނެ އެއްޗެކެވެ.

ޓީޒާ އިން ވެސް ވަނީ "ހެރީ އެންޑް މޭގަން" އަކީ ޝާހީ އިނގިރޭސި އާއިލާގެ ބޭފުޅުންގެ "އާންމު މިންގަނޑާ" ބޭރު އެތައް ކަމެއް، އެތައް، ވާހަކައެއް ތިލަކޮށްދޭނެ އެއްޗެއްކަން ހާމަކޮށް ދީފަ އެވެ. ޓީޒާ އާންމުކުރި ނަމަވެސް މި ޑޮކިއުސީރީޒް ޕްރީމިއާކުރާނެ ތާރީހެއް އަދިވެސް ރަސްމީކޮށް އިއުލާނެއް ނުކުރެ އެވެ. އެކަމަކު ކުރިން ބައެއް މީޑިއާތަކުން ބުނީ މި މަހުގެ 8 ގައި "ހެރީ އެންޑް މޭގަން" ޕްރީމިއާކުރާނެ ކަމަށެވެ.

 

View this post on Instagram

 

A post shared by Netflix US (@netflix)

ނެޓްފްލިކްސް އަށް ހެރީގެ ދެކަނބަލުންގެ ޑޮކިއުސީރީޒެއް ގެނެސްދެނީ 2020 ގައި އެ ކުންފުންޏާ އެކު ހަދާފައި އޮތް އެއްބަސްވުމުގެ ދަށުންނެވެ.

ކުރިން ހޮލީވުޑްގެ ބަތަލާއެއްގެ ގޮތުގައި މަސައްކަތްކުރެއްވި މޭގަން އާއި ހެރީ ކައިވެނި ބައްލަވައިގަތީ 2018 ގަ އެވެ. އެ ކައިވެންޏަށް ދެ ބޭފުޅުން ލިބިވަޑައިގެންފައިވެ އެވެ. ހެރީ އަކީ އިނގިރޭސި ރަސްގެފާނު ޗާލްސްގެ ހަގު ދަރިކަލުންނެވެ. ހެރީ އާއި މޭގަން ޝާހީ ޒިންމާތައް ދޫކޮށްލައްވައި 2020 އިން ފެށިގެން ދިރިއުޅުއްވަނީ އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.