Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

އުރީދޫން ޕާޕަލްލޭން އެޕާ ގުޅިއްޖެ

ޕާޕަލްލޭން އެޕް، ލޯޔަލްޓީ ރިވޯޑް ޕްލެޓްފޯމާ އެކު އުރީދޫން ޕާޓްނާޝިޕް ހަދައިފި އެވެ.

އެ އެޕްގައި އުރީދޫގެ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ލިބޭ ހިދުމަތްތައް ލޯންޗުކުރީ ސީ ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ހިދުމަތްތައް ތައާރަފު ކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒާއި ޕާޕަލްލޭން އެޕްގެ ކޯ ފައުންޑަރު އުމަރު ފިކުރީ އެވެ.

ޕާޕަލްލޭން އެޕަކީ ސައްތައިން ސައްތަ ދިވެހި އުފެއްދުމެކެވެ. އުރީދޫ އާއި އެ އެޕުން ހެދި އެއްބަސްވުމުގެ ދަށުން އެޕް މެދުވެރިކޮށް ކްލަބް ޕްރިމިއާ ޑިޖިޓަލް ކާޑާއި އެކި ޑިސްކައުންޓާއި އޮފާތައް ކަސްޓަމަރުންނަށް ލިބޭނެ އެވެ.

ޕާޕަލް ލޭން އެޕަކީ އަކީ ކެފޭރެސްޓޯރަންޓްތަކާއި ފިހާރަތަކުން ވިޔަފާރި ކުރުމުން ކަސްޓަމަރުންނަށް ރިވާޑް ލިބޭ ގޮތަށް ފަރުމާކޮށްފައިވާ އެޕެކެވެ.

މިއީ ލޯޔަލްޓީ ޕްރޮގްރާމް ކާޑުތައް ފަސޭހަކަމާ އެކު އެއްތަނަކުން ފެންނަން ހުންނަ ޕްލެޓްފޯމެކެވެ. ޕާޕަލްލޭން މެދުވެރިކޮށް ވިޔަފާރިތަކަށް ޑިޖިޓަލްކޮށް ގިފްޓް ކާޑު ދޫކުރުމާއި ކަސްޓަމަރުންގެ މެދުގައި ޕޮއިންޓް ޓްރާންސްފާ ކުރުމާއި ކޫޕަން ދިނުމުގެ އިތުރުން އެޕް ބޭނުންކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ އޮފާތައް އިޝްތިހާރު ވެސް ކުރެވޭނެ އެވެ.

އުރީދޫން ބުނީ ޕާޕަލްލޭން އެޕްގެ އެހީގައި ކްލަބް ޕްރިމިއާގެ ހިދުމަތްތައް އިތުރަށް ފުޅާ ކުރެވޭނެ ކަމަށެވެ.