Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކުޑަގިރިއަށް ފެރީގެ ހިދުމަތް ދޭނެ ބަޔަކު ހޯދަނީ

މާލެ ސަރަހައްދުގައި އުޅޭ މީހުން ދަތުރު ދާން ހާއްސަކޮށްގެން ތަރައްގީކުރަން ފެށި "ކުޑަގިރި" އަށް ފެރީ ދަތުރުކޮށްދޭނެ ފަރާތެއް ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާނުކޮށްފި އެވެ.

އެޗްޑީސީން ބުނީ މާލެއާއި ކުޑަގިރިއާ ދެމެދު ފެރީ ދަތުރުތައް ބޭއްވުމަށް ހަތަރު ފެރީ ބޭނުންވާ ކަމަށެވެ. މި ދަތުރުތަކަށް ބޭނުންކުރަން ނިންމާފައިވާ މި ފެރީތަކުގެ ތެރެއިން ދެ ފެރީ ވާންޖެހޭނީ 50 އާއި 70 މީހުންނާ ދެމެދުގެ ޖާގައިގެ ފެރީއަކަށް ކަމަށާއި އަދި ބާކީ ދެ ފެރީ ވާންޖެހޭނީ 80 މީހުންނާއި 100 މީހުންނާ ދެމެދުގެ ޖާގައިގެ ފެރީއަކަށް ކަމަށް އެޗްޑީސީން ބުނެ އެވެ.

އެޗްޑީސީގެ ފެރީ ދަތުރުތައް ކުޑަގިރިއަށް އޮންނާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 6:30 އިން 7:10 އަށެވެ.

މި ހިދުމަތް ދިނުމަށް ބޭނުންވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެޗްޑީސީން އެދެ އެވެ. އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ މިމަހުގެ 7 ވަނަދުވަހުގެ ހެނދުނު 11:00 އެވެ.