Last Updated: May 4, 06:00
Saturday, May 4, 2024
ޚަބަރު

އެމްއެންޑީއެފް ކުޑަކުދިންގެ ހަވީރު: ރާއްޖޭގެ މުސްތަގްބަލްގެ ތަސްވީރެއް

އެމްއެންޑީއެފުން މީގެ ކުރިން ބޭއްވި ކުޑަކުދިންގެ ހަވީރެއްގެ ތެރެއިން. ފޮޓޯ: އިބްރާހިމް ޒުހުރީ

ރާއްޖޭގެ ދިފާއީ ބާރު އެމްއެންޑީއެފްގެ 122 ވަނަ އަހަރީ ދުވަހާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ 5 ވަނަ އަހަރީ ދުވަސް ފާހަނަގަ ކުރުމަށް މިއަދު ހުޅުމީދޫގައި ބޭއްވި ކުޑަކުދިންގެ ހަވީރު ހުރިހާ ގޮތަކުންވެސް ތަފާތެވެ.

ސ. އަތޮޅު މަދަރަސާގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރުން ތަސްވީރުވަމުން ދިޔައީ ރާއްޖޭގެ މުސްތަގްބަލެވެ. ބައިނަލް އަގްވާމީ ކުޑަކުދިންގެ ދުވަހު އެމްއެންޑީއެފްއިން ކުދިންނަށް މިދިނީ ބޮޑު ހަދިޔާއެކެވެ. އާއިލާއެކު އުފަލުގައި އުޅެލާނެ މަޖާ މާހައުލެކެވެ.

އެމްއެންޑީއެފް ކުޑަކުދިންގެ ހަވީރުގައި ތުއްތު ކުދިންތަކެއް. ފޮޓޯ:  އިބްރާހިމް ޒުހުރީ
އެމްއެންޑީއެފް ކުޑަކުދިންގެ ހަވީރުގައި ތުއްތު ކުދިންތަކެއް. ފޮޓޯ: އިބްރާހިމް ޒުހުރީ

ކުޑަކުދިންގެ ހަވީރު ފެށިގެން ދިޔައީ ނަސްރިއްޔާ ޕްރީ ސްކޫލްގެ ތުއްތު ކުދިންގެ ފެޝަން ޝޯވްއަކުންނެވެ. އެކަމަކު އެއީ އަސްލު ފެޝަން ޝޯވްއެއް ނޫނެވެ. ރާއްޖޭގެ އެކި އެކި ކުންފުނި ތަކާއި ތަފާތު ޕްރޮފެޝަން ތަކުގައި ތިބި ލޯބި ލޯބި ކުދިންނެވެ. އެކުދިން ދައްކުވައިދިނީ މުސްތަގްބަލްގެ ތަސްވީރެކެވެ.

ދިރާގު، ބޭންކް، އެމްއެންޑީއެފް، އައިލެންޑް އޭވިއޭޝަން ބައެއް އެއާލައިންތަކުގެ ކުރޫންނެވެ. ޑޮކްޓަރުންނާއި ނަރުހުންގެ އިތުން އަމަން ބަލަހައްޓަމުން ދިޔަ ފުލުހުންނެވެ.

އެމްއެންޑީއެފް ކުޑަކުދިންގެ ހަވީރުގައި ތުއްތު ކުދިންތަކެއް. ފޮޓޯ:  އިބްރާހިމް ޒުހުރީ
އެމްއެންޑީއެފް ކުޑަކުދިންގެ ހަވީރުގައި ތުއްތު ކުދިންތަކެއް. ފޮޓޯ: އިބްރާހިމް ޒުހުރީ

އެތައް ބައެއްގެ ސަމާލުކަން ހުއްޓުނު އިވެންޓަށްފަހު ނަސްރިއްޔާ ޕްރީ ސްކޫލާއި، ޝަރީފީ ޕްރީ ސްކޫލްގެ އިތުރުން ހުޅުމީދޫގެ އެކި ސްކޫލްކުދިންގެ ތަފާތު ހަރަކާތްވަނީ ފެނިގެން ގޮސްފައެވެ.

ބައެއް ސްޓޯލްތަކުން އިނާމް ލިބޭ ކުޅިވަރު ހިމެނިފައިވާއިރު ގިނަ އަދަދެއްގެ ބަޔަކުވަނި ކުޑަކުދިންގެ ހަވީރުގައި ބައިވެރިވެފައެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަރ ކާނަލް ވައިސް ވަހީދު ވިދާޅުވީ، މިއަދުގެ ކުޑަކުދިންގެ ހަވީރުން ފެނިގެން ގޮސްފައިވަނީ އުފާވެރި މަންޒަރެއް ކަމަށެވެ. އަދި އެކަމާއި ވަރަށް ބޮޑަށް ހިތް ހަމަ ޖެހިވަޑައިގަންނަވާ ކަމަށެވެ.

ގަވްމު ބިނާ ކުރުމުގައި ރެއާއި ދުވާލު ހޭލާތިބެ މަސައްކަތް ކުރަމުންދާ ދިވެހި ސިފައިންގެ ހުށަހެޅުން ތަކަކީ އަބަދުވެސް ތަފާތު ހުށަހެޅުމެވެ. ކުރި މަގުގެ ޖީލަށް މިފަހަރުވެސް ފަހިކޮށް މިދިނީ މުސްތަގްބަލްގެ ރާސްތާއެކެވެ.

ރާއްޖޭގެ ހުރިހާ ކުޑަކުދިންނަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ފަރާތުން މަރުހަބާއެވެ.