Last Updated: August 17, 18:00
Sunday, August 17, 2025
ކުޅިވަރު

ހިތަދޫ ސްކޫލްގެ އިންޓަ ހައުސް ފުޓްބޯޅަ މުބާރާތް ނިމިއްޖެ

ހިތަދޫ ސްކޫލްގެ އިންޓަރ ހައުސް ފުޓްބޯޅަ މުބާރާޔް ޝަރަފްވެރިކޮށްދެއްވުމަށް ޔޫތު މިނިސްޓރ ވަޑައިގަންނަވާ އިރު ސްކޫލް ޕްރިންސިޕަލް އާއި ޑެޕިއުޓީ ޕްރިންސިޕަލް އަރިހުގައި؛ ފޮޓޯ: އިބްރާހިމް ރަޝީދު ވަޖްދީ

ހިތަދޫ ސްކޫލްގެ ސްޕޯޓްސް ކްލަބްގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވި އިންޓަ ހައުސް ފުޓްބޯޅަ މުބާރާތް ވަރަށް ފޯރިގަދަ ކޮށް ނިމިއްޖެއެވެ.

ސްކޫލްގެ ހަތަރު ހައުސްގެ މެދުގައި ހަތަރު އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ 9 އަހަރުގެ ބައިން އެއްވަނަ ހޯދީ ބަރުބަރީ ހައުސްއެވެ. 2 ވަނަ ހޯދީ ޝަރަފުއްދީން ހައުސްއެވެ.

11 އަހަރާއި 13 އަހަރުން ދަށުގެ އުމުރު ފުރައިން އެއްވަނަ ހޯދީ އަމީރުލް އަމީންއެވެ. އެދެފުރައިން ވެސް 2 ވަނަ ހޯދީ ޖަމާލުއްދީންއެވެ.

17 އަހަރުން ދަށުގެ އުމުރު ފުރައިން އަމީރުލް އަމީން ބަލިކޮށް ތަށި ނެގީ ޖަމާލުއްދީންއެވެ.

ފައިނަލް މެޗް ޝަރަފްވެރިކޮށްދެއްވުމަށް ރާއްޖޭގެ ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މުބާރާތުގެ ވަނަވަނަ އަށް ދިޔަ ޓީމްތަކަށާއި ކުޅުންތެރިންނަށް ޓްރޮފީ ހަވާލުކޮށްދެއްވީ މިނިސްޓަރ މަލީހް ޖަމާލްއެވެ.

ހިތަދޫ ސްކޫލްގެ ފުޓްބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ޕްރޮފެސާ ހަސަން އުގައިލް ބައިވެރިވަޑައިގަތެވެ.