އައްޑޫ ޝާކްސް މާޝަލް އާޓްސް އެކަޑަމީން 74 ކުދިންނާ އެކު ފުރަތަމަ ޓައިކްވޮންޑޯ ގްރޭޑިން ފުރިހަމަކޮށްފި އެވެ.
އައްޑޫ ޓައިކްވޮންޑޯ (އައްޑޫ ޝާކްސް މާޝަލް އާރޓްސް އެކަޑަމީ) އިން މީގެ ތިން މަހެއްހާ ދުވަސް ކުރިން ފެށި ޓައިކްވޮންޑޯ ކްލާސްތަކުގެ ފުރަތަމަ ގްރޭޑިން (ބެލްޓްޓެސްޓް) ބޭއްވީ އިއްޔެ ހަވީރު ހިތަދޫ ޔޫތު ސެންޓަރުގެ ފުޓްސަލް ދަނޑުގަ އެވެ. މި ޓެސްޓަކީ މޯލްޑިވްސް ޓަައިކްވޮންޑޯ އާއި އަދި ޝާކްސް މާޝަލް އާޓްސް އެކަޑަމީން ރީޖަންތަކުގައި ޓައިކްވޮންޑޯ މާޝަލް އާޓްސް ކުރިއެރުވުމަށް ކުރާ މަސައްކަތުގެ ތެރެއިން ބައެކެވެ.

މީގެ ތިން މަސް ކުރިން ފެށިގެން އައްޑޫގައި ދާއިމީކޮށް ކުރިއަށް ގެންދަން ނިންމާފައިވާ ޓައިކްވޮންޑޯ މާޝަލް އާޓްސް ކްލާސްތަކަކީ އުމުރުން 5 އަހަރުން ފެށިގެން ކޮންމެ ކުއްޖަކަށް ވެސް ބައިވެރިވެވިދާނެ ކްލާސްތަކެކެވެ.
ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި މިހާރު 116 ދަރިވަރުން ޓައިކްވޮންޑޯ ކިޔަވަމުން އަންނަކަމަށް ޝާކްސް އެކަޑަމީން ބުންޏެވެ. އަދި މީގައި ބައިވެރިވާން ބޭނުންވާ ކުދިން އެކަޑަމީގެ ނަމްބަރު 9778030 އާއި އަދި ޝާކްސް މާޝަލް އާޓްސް ފޭސްބުކް ޕޭޖް މެދުވެރިކޮޑް ރަޖިސްޓްރޭޝަން ކުރިއަށް ގެންދެވޭނެ އެވެ.