Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ވިލިއަމާއި ކޭޓް އިތުރު ދަރިއަކު ހޯދަނީ

ޕްރިންސް ވިލިއަމާއި އަނބިލކަނބަލުން ކޭޓް މިޑްލްޓަން އިތުރު ދަރިއަކު ހޯދަން ޕްލޭންކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޝާހީ އާއިލާގެ ގާތް އަދި ހެރީ އާއި ކޭޓާ ވެސް ވަރަށް ގާތް ބަޔަކާ ހަވާލާދީ އަސް ވީކްލީން ބުނީ ހަތަރު ވަނަ ދަރިއަކު ހޯދުމަކީ ކޭޓްގެ ހިޔާލެއް ކަމަށާއި އެކަމާ މިހާރު ވަރަށް ބޮޑަށް ވިލިއަމްއާ ވާހަކަ ދެކެވިފައިވާ ކަމަށެވެ. އެހެންވެ ހަތަރު ވަނަ ދަރިއަކަށް ދެކަނބަލުން ޕްލޭންކުރައްވަމުން ގެންދަވާ ކަމަށް ބުންޏެވެ.

މީޑިއާތަކުން ބުނީ އާއިލާ ފުޅާކުރުމަކީ ވިލިއަމް ވަރަށް ބޮޑަށް ބޭނުންވެވަޑައިގަންނަވާ ކަމެއް ކަމަށާއި ގިނަ ދަރިން ހޯދުމަކީ އެއްވެސް މައްސަލައެއްގެ ގޮތުގައި ވެސް ހެރީ ދެކެވަޑައިނުގަންނަވާ ކަމަށެވެ. ހެރީ އާއި ކޭޓްގެ މިހާރުގެ ބޭފުޅުންނަކީ 9 އަހަރުގެ ޖޯޖް އާއި 7 އަހަރުގެ ޝާލޮޓްގެ އިތުރުން 4 އަހަރުގެ ލުއީ އެވެ.

ވިލިއަމް، 40، އާއި ކޭޓް، 40، ކައިވެނި ބައްލަވައިގަތީ 2011 ގަ އެވެ.

ޕްރިންސް ވިލިއަމަކީ އިނގިރޭސި ރަސްގެފާނު ޕްރިންސް ޗާލްސްގެ ދޮށީ ދަރިކަލުންނެވެ. ވިލިއަމާއި ޕްރިންސް ހެރީގެ މަންމާފުޅަކީ އަވަހާރަވެފައިވާ ޕްރިންސެސް ޑަޔާނާ އެވެ.

ހެރީ އާއި މޭގަން މާކަލް 2018 ގައި ކައިވެނި ބައްލަވައިގެން މިހާރު ދެ ބޭފުޅުން ތިއްބަވަ އެވެ. އެއީ އާޗީ، 3، އާއި ލިލިބެޓް، 1، އެވެ.