Last Updated: June 24, 06:11
Wednesday, June 24, 2026
ޚަބަރު

ތަޤްވާ މިސްކިތުގެ ހާލަތާ މެދު ޝަހީމްގެ ކަންބޮޑުވުން

މާލޭގެ ޒަމާންވީ މިސްކިތެއް ކަމަށްވާ މަސްޖިދު ތަޤްވާގެ ހާލަތާ މެދު ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

އެ މިސްކިތުގެ ފޮޓޯތަކަކާ އެކީ އޭނާ ޓްވިޓާގައި ވިދާޅުވީ ވީ އެންމެ އަވަހަކަށް ތަޤްވާ މިސްކިތް މަރާމާތުކުރުން މުހިންމު ކަމަށެވެ.

"ކާބަފައިންގެ ބުރަ މަސައްކަތްތަކާއި ހުނަރުވެރި ފަންނީ ވިސްނުމާއި ފިކުުރުން އިސްލާމް ދީނާއި ޤައުމަށްކޮށްދީފައިވާ އަގުހުރި ޚިދުމަތް ރަމްޒުކޮށްދޭ އާސާރީ މިސްކިތްތައް އާބާތުރަ ފިލުވުން ވަރަށް މުހިން." ޝަހީމް ވިދާޅުވި އެވެ.

މި އަހަރުގެ ޖުލައި މަހުގެ ތެރޭގައި މާލެ ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުގައި މާލޭގެ މިސްކިތްތައް މަރާމާތުކުރަން 13 މިލިއަން ރުފިޔާ ބޭނުންވެ އެވެ.