Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ޝަވަން އަަށް ރަނިން ބްލޭޑެއް ހަމަޖައްސައި ދީފި

އެއް ފައި ނެތި ފުޓްބޯޅައިގެ ހުނަރު ދައްކަމުން އަންނާތީ މުޅި ރާއްޖޭގެ ސަމާލުކަން މިހާރު ހޯދާފައިވާ ހއ. މަކުނުދޫ އަހުމަދު ޝަވަން މުހައްމަދަށް ރަނިންގް ބްލޭޑެއް ހަމަޖައްސައި ދީފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައިނަލްއަގްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރެވިގެންދާއިރު މިއަދު ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޝަވަން އަަށް ރަނިންގް ބްލޭޑް ހަމަޖައްސައި ދެވުން ކަމަށެވެ.

"ރާއްޖޭގެ ފުރަތަމަ ރަނިން ބްލޭޑް އެތުލީޓަށް އިރާދަކުރެއްވިއްޔާ ދެން އޮތީ އިންޑިއާގައި ފަރިތަކުރުން." މަހުލޫފް ވިދާޅުވި އެވެ.

މަކުނުދޫ ސްކޫލްގައި ކިޔަވަމުން އަންނަ އުމުރުން މިހާރު 7 އަހަރުގެ ޝަވަން އަކީ ވިހޭ އިރު ވެސް ކަނާތު ފައިގެ ކަކުލުން ތިރި ނެތް ކުއްޖެކެވެ.

ޝަވަން އަކީ ފުޓްބޯޅައިގެ އިތުރުން މަކުނުދޫ ސްކޫލްގެ ހުރިހާ ހަރަކާތެއްގައި ވެސް ބައިވެރިވެމުން އަންނަ ހިތްވަރު ގަދަ ދަރިވަރެކެވެ.