އަލް ސަލްވެޑޯގައި ގޭންގް ކުށްތައް ވަރަށް ބޮޑަށް އިތުރުވެ، ގައުމުގެ ކުށުގެ ވެށި ވަރަށް ބޮޑަށް ގޯސްވެފައިވާތީ އެކަމަށް ދެކޮޅަށް ހާއްސަ މަސައްކަތްތަކެއް ފަށައިފި އެވެ.
އެގޮތުން އަލް ސަލްވެޑޯގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އަދި އެންމެ ގިނަ ގޭންގްތަކާއި ގޭންގް ކުށްތައް ގިނަ ސޮޔަޕަންގޯ ސިޓީގެ ރައްކާތެރި ކަމަށް މަގުތަކަށް މިހާރު ސަލާމަތީ ބާރުތަކުގެ 10،000 އަށް ވުރެ ގިނަ އޮފިސަރުން ހަތިޔާރާ އެކު ވަނީ ނެރެފަ އެވެ. އެ ސިޓީގެ އެއްވެސް ދިމާއަކުން ބޭރު ނުވެވޭ ގޮތަށް ސަލާމަތީ ބާރުތަކުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި މަގުތަކަށް ނުކުމެ އުޅޭ މީހުން ޗެކްކުރުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.
އާބާދީގައި 290،000 މީހުން ހިމެނޭ ސޮޔަޕަންގޯ އަކީ ގޭންގް ހަބެއްގެ ގޮތުގައި ފާހަގަކުރެވޭ ތަނެކެވެ.
A partir de estos momentos, el municipio de Soyapango está totalmente cercado.
8,500 soldados y 1,500 agentes han rodeado la ciudad, mientras los equipos de extracción de la policía y el ejército se encargan de sacar uno a uno a todos los pandilleros que aún se encuentran ahí. pic.twitter.com/9QIpj0ziwX
— Nayib Bukele (@nayibbukele) December 3, 2022
މެދުތެރޭ އެމެރިކާ އަށް ނިސްބަތްވާ އަލް ސަލްވެޑޯ އިން ބުނި ގޮތުގައި ގޭންގްތަކާ ދެކޮޅަށް ފިޔަވަޅުތަކެއް ޖެހުނީ ކުރިއަށް ވުރެ ބޮޑަށް މި އަހަރުގެ ތެރޭގައި ގޭންގް ކުށްތައް އިތުރުވުމާ ގުޅިގެންނެވެ.
އެ ގައުމުގެ ރައީސް ނަޔީބް ބުކެލޭ ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ސަލާމަތީ ބާރުތަކުން ނުކުމެ މިހާރު ހިންގަމުން އަންނަ އޮޕަރޭޝަންތަކުގައި ގޭންގްތައް ހަރަކާތްތެރިވާ ހުރިހާ ތަނެއް ޗެކްކޮށް، ގޭންގްތައް ހަމަބިމަށް ތިރިކުރާނެ ކަމަށެވެ.
Los ciudadanos comunes no tienen nada que temer y pueden continuar haciendo su vida normalmente.
Esta es una operación contra los criminales, no contra los ciudadanos honrados.
La #Fase5 del #PlanControlTerritorial ha iniciado. pic.twitter.com/NPp9VWsgA8
— Nayib Bukele (@nayibbukele) December 3, 2022
"މި އޮޕަރޭޝަނަކީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހިންގާ އޮޕަރޭޝަނެއް. އެހެންވީމާ މިކަމާ އާންމުން ބިރުން ނޫޅުމަށް އިލްތިމާސް ވެސް ކުރަން." ރައީސް ވިދާޅުވި އެވެ.
އަލް ސަލްވެޑޯ އިން ގޭންގްތަކާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފެށި އިރު، މި އަހަރުގެ މާޗް މަހުގެ 26 ގައި އެކަނި ވެސް ގޭންގްތަކުން ހިންގި މާރާމާރީތަކެއްގައި 62 މީހަކު މަރާލާފައިވެ އެވެ.