Last Updated: June 10, 00:02
Wednesday, June 10, 2026
ޚަބަރު

ވިލިނގިލީ މަގުތައް ހަދަން ފަށައިފި

ގއ. ވިލިނގިލީ މަގުތައް ހެދުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީން ބުނެފައިވަނީ ގއ. ވިލިނގިލީގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ދަށުން މިވަގުތު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އަދި ހޮޅިއެޅުމުގެ މަސައްކަތް ކަމަށް މައުލޫމާތުދެއެވެ.

ވިލިނގިލި މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއަށް ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރިލް 28 ވަނަ ދުވަހުއެވެ. 98،330،536.18 ރުފިޔާގެ މި މަޝްރޫއުގެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްފައިވަނީ 490 ދުވަހުގެ ތެރޭ ނިންމުމަށެވެ.

މި މަސައްކަތުގެ ދަށުން 5 ކިލޯމީޓަރު މަގުގައި ތާރުއެޅުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުތަކުގައި މަގުބައްތި ޖެހުމުގެ އިތުރުން ތާރުއަޅައިގެން ހަދާފައިވާ މަގުތައް ރީސާފޭސްކުރުން ހިމެނެއެވެ.