ކޮފީ ދަޅެއް ވަގަށް ނެގި މީހަކު އަލުން ހައްޔަރުކުރި އިރު، އުމުރުން 47 އަހަރުގެ އެ މީހާ އަކީ ކުރިން 46 ފަހަރެއްގެ މަތިން ހައްޔަރުކުރި މީހެއް ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
އެ ކޯޓުން މިހެން ބުނީ ކޮފީ ދަޅެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ހާޒިރުކުރުމުންނެވެ. އައްޑޫ ހުޅުދު އަށް ނިސްބަތްވާ އެ މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ފަސް ދުވަސް ޖަހައިފަ އެވެ. ކޯޓުން ބުނި ގޮތުގައި އެ މީހާ މިހާތަނަށް 47 އަހަރު ަފަހަރށް ހައްޔަރުކުރި އިރު، 31 ފަހަރަށް ބަންދުކޮށް، މުއްދަތު ޖަހާފައިވެ އެވެ.
މިފަހަރު އޭނާ ހައްޔަރުކޮށް ބަންދަށް މުއްދަތު ޖެހީ އެމްއެެޗްއޭ މާޓް އިން ނެސްކެފޭ ބޮޑު ކޮފީ ދަޅެއް ވަގަށް ނެގިކަމުގެ ތުހުމަތުގަ އެވެ.
އެ މީހާގެ ކުށުގެ ރެކޯޑްތަކުގެ ތެރޭގައި ވައްކަމުގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތައް ވެސް ހިމެނެ އެވެ. އެގޮތުން މި އަހަރު ވެސް އެކި ފިހާރަތަކުން ވައްކަންކޮށްގެން ފަސް ފަހަރަށް ހައްޔަރުކުރި އެވެ.