Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ކަންޔޭ އަލުން ޓްވިޓާ އިން ބޭރުކޮށްފި

އެމެރިކާގެ ރައީސް ކަމަށް 2024 ގައި އަލުން ކުރިމަތިލާނެ ކަމަށް ޓްވިޓާގައި މީގެ ހަފުތާއެއްހާ ދުވަސް ކުރިން އިއުލާންކުރި އެމެރިކާގެ މަޝްހޫރު ރެޕާ ކަންޔޭ ވެސްޓްގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފި އެވެ.

ޔޭގެ ނަމުގައި ބޭނުން ކުރަމުން އައި އެކައުންޓް މިދިޔަ ހުކުރު ދުވަހު ސަސްޕެންޑްކުރީ އުސޫލުތަކާ ހިލާފުވެގެން ކަންޔޭގެ ޓްވިޓާ އެކައުންޓް ސަސްޕެންޑްކޮށްފައި އޮންނަތާ ދުވަސްތަކެއް ފަހުން، މީގެ ދެ މަސް ކުރިން އެކައުންޓް އިޔާދަކޮށް ދީފައި ވަނިކޮށެވެ. އެމެރިކާގެ މަޝްހޫރު ރިލިއަލިޓީ ޝޯ ތަރި، ކިމް ކާޑޭޝިއަންގެ ކުރީގެ ފިރިމީހާގެ ޓްވިޓާ އަލުން ސަސްޕެންޑްކުރީ އޭގެ އުސޫލުތަކާ ހިފާލުވުމުން ކަމަށް ކަންޔޭގެ ފޮލޯވަރަކު އެކައުންޓް އިޔާދަކޮށްދޭން އެދުމުން އޭގެ ރައްދުގައި ޓްވިޓާގެ މީ މިހާރުގެ ވެރިޔާ މަހުޖަނު އީލޮން މަސްކް ވިދާޅުވެފައިވެ އެވެ.

ކަންޔޭ މި ފަހަރު ޓްވިޓާ އިން ފެއަށް ޖެއްސީ ހިޓްލަރަށް ތާއީދުކޮށް، ސްވަސްޓިކާ ނިޝާން ވެސް ޓްވީޓްކޮށްފައި ވަނިކޮށެވެ. އޭނަގެ ޓްވިޓާ ފޮލޯވަރުންގެ އަދަދު 30 މިލިއަނަށް ވުރެ ގިނަ އެވެ.

އޭނަ އަށް ޓްވިޓާ ބޭނުން ނުކުރެވޭ ގޮތް މި ހެދީ އީލޮން ޓްވިޓާ ބައްލަވައިގަތް ފަހުން، ކުރިން ސަސްޕެންޑްކޮށްފައި ހުރި ބައެއް އެކައުންޓްތައް އިޔާދަ ވެސް ކޮށް ދަމުން އަންނަ ދަނޑިވަޅެއްގަ އެވެ.