Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ފައިސާގެ މައްސަަލައެއްގައި އަންހެނަކު ހޯދަނީ

އެކައުންޓުގެ ވެރިފަރާތަށް ނޭނގި 180,000ރ. އަށް ވުރެ ގިނަ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފަކުރި މައްސަލައަކާ ގުޅިގެން އަންހެނަކު ހޯދަން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހާ އަކީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ހިންގަމުން އަންނަ ތަހުގީގަށް ހޯދަން ބޭނުންވެ، ކާކުކަން ދެނެގަނެވިފައި ނުވާތީ ނުހޯދިފައިވާ މީހެއް ކަމަށެވެ. އެހެންވެ އޭނައާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ނަމްބަރު 9790048 އަށް ގުޅައި ހިއްސާކޮށްދޭން އެދިފައިވެ އެވެ.