އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ޒުވާނަކު ޝަހީދުކޮށްލި މައްސަލަ ހޫނުވެ އެ މައްސަލަ ބެލުމަށް ގޮވާލައިފިއެވެ.
ހުކުރު ދުވަހު ދުވާލު ގިނަ ބައެއްގެ ކުރިމަތީގައި އިޒްރޭލުގެ ސިފައިންގެ މީހަކު ވަނީ ފަލަސްތީނުގެ 23 އަހަރުގެ ޒުވާނެއްގެ ގަޔަށް، ބަޑިޖަހާ ޝަހީދުކޮށްލާފައެވެ.
އެ މަންޒަރު ސޯޝަލްމީޑިއާގައި އާންމުވެފައިވާއިރު ވީޑިއޯއިން ފެންނަނީ އިޒްރޭލުގެ ސިފައިންގެ މީހަކު އެ ޒުވާނާގެ ބޮލުގައި ހިފަހައްޓައިގެން އިތުރު ބައެއްގެ ތެރެއިން ދުރުކުރާ މަންޒަރެވެ. އަދި އެ ސިފައިންގެ މީހާގެ ކިބައިން ސަލާމަތްވުމަށް އެޒުވާނާ މަސައްކަތްކުރުމުގެ ތެރެއިން ސިފައިންގެ މީހާވަނީ އޭނާގެ އަތުގައި އޮތް ފިސްތޯލައަކުން ޒުވާނާގެ ގަޔަށް ހަތަރު ފަހަރު ބަޑިޖަހާފައެވެ.
Israeli forces have been accused by the Palestinian foreign ministry of ‘executing’ a Palestinian man in the occupied West Bank.
🔗: https://t.co/wZurrZZs4L pic.twitter.com/lBzxPMJjnd
— Al Jazeera English (@AJEnglish) December 3, 2022
ސޯޝަލްމީޑިއާގައި ދައުރުވާ ވީޑިއޯތަކުން ފެންނަގޮތުގައި، ބަޑިން ހަމަލާދިނުމަށްފަހު ޒުވާނާ އެ ސަރަހައްދުގައި އޮތްއިރު އެމްބިއުލަންސެއް އެ ސަރަހައްދަށް ވަނުމަށް މަސައްކަތްކުރުމުން އިޒްރޭލުގެ ސިފައިން ވަނީ އެކަމަށް ހުރަސްއަޅާފައެވެ. އަދި އެ ޒުވާނާއަށް ސިއްހީ އަވަސް ފަރުވާ ދިނުމަށް ހުރަސް އަޅާފައިވާކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.
އިޒްރޭލުގެ މި އަމަލާ ގުޅިގެން އިންޓަނޭޝަނަލް ހިއުމަންރައިޓްސް ފައުންޑޭޝަނުން ވަނީ އޒްރޭލުގެ މި އަމަލަށް ފިޔަވަޅު ނާޅާ ދޫކޮށްލައިގެން ނުވާނެކަމަށް ބުނެފައެވެ. އަދި އިޒްރޭލުގެ މިފަދަ އަމަލުތައް އިތުރުވަމުން އަންނަކަން ފާހަގަކޮށް އިޒްރޭލާ ދެކޮޅަށް ބައިނަލްއަގްވާމީ ކޮމިއުނިޓީން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ޖެހޭކަންވެސް ފާހަގަކޮށްފައިވެއެވެ.
#Palestine🇵🇸 The police execution of the young Palestinian Ammar Mufleh must not go unpunished. Such assassinations by agents of the Israeli state are too common and constitute a clear violation of human rights. The International Community must adopt sanctions. #nablus #westbank
— International Human Rights Foundation (@Declaracion) December 2, 2022
މި މަރާ ގުޅިގެން އިޒްރޭލުގެ ފުލުހުން ބުނެފައިވަނީ، އެ ހާދިސާ ހިނގާފައިވަނީ ފަލަސްތީނުގެ ބަޔަކު ވަޅިން އިޒްރޭލުގެ ގާޑުންނަށް ހަމަލާދިނުމުން ކަމަށެވެ. އަދި ވަޅިން ހަމަލާދިނުމުން އިޒްރޭލުގެ ގާޑަކަށް ޒަހަމުތައް ލިބިފައިވާ ކަމަށެވެ. އެހެންނަމަވެސް މަންޒަރުދުށް މީހުން ވަނީ އެކަން ދޮގުކޮށްފައެވެ.
މިއަހަރު މިހާތަނަށް އިޒްރޭލުން ވަނީ ފަލަސްތީނުގެ 54 ކުޑަކުއްޖަކު ޝަހީދުކޮށްލާފައެވެ.