Last Updated: June 6, 14:55
Saturday, June 6, 2026
ކުޅިވަރު

ސްޓޭޑިއަމް ލައިޓިން ސިސްޓަމް މާލެ ގެނެސްފި

ހިތަދޫ ޒޯން ސްޓޭޑިއަމް .ފޮޓޯ: ކިއުންތެރިއެއް.

އޭއެފްސީ ޗެލެންޖް ކަޕަށް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ޖެހުމަށް ސްރީލަންކާއިން ހަދިޔާ ކުރި ލައިޓިން ސިސްޓަމް މިއަދު މާލެ ގެނެސްފި އެވެ.

ޔޫތު މިނިސްޓަރ މުހައްމަދު މަލީހް ޖަމީލް މިއަދު ވިދާޅުވީ ލައިޓިން ސިސްޓަމް ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި އައްޑޫއަށް ގެންދެވޭނެ ކަމަށެވެ. އަދި އައްޑޫ އަށް ލައިޓިން ސިސްޓަމް ގެންދާތާ ތިން ދުވަސް ތެރޭގައި، ސްޓޭޑިއަމްގައި ލައިޓް ހަރުކުމުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މުބާރާތް ފެށެން 7 ދުވަހަށް ވެފައިވާއިރު ހިތަދޫ ޒޯން ސްޓޭޑިއަމްގައި މިހާރު ކުރިއަށްދަނީ ސާފު ކުރުމުގެ މަސައްކަތާއި، ލޭންޑް ސްކޭޕިންގެ މަސައްކަތެވެ.

މެޗް ކުޅޭ ބިން ބަރު ދުއްވައި އެއްވަރު ކުރަމުން އަންނަ އިރު ބެންޗް ތައްޔާރު ކުރުމުގެ މަސައްކަތް ރޯޑް ކޯޕަރޭޝަނުން އަންނަނީ ކުރަމުންނެވެ.