Last Updated: July 27, 11:17
Monday, July 27, 2026
ޚަބަރު

ސްކޭމްތަކާ ދެކޮޅަށް މަސައްކަތްކުރަން ވޯކްޝޮޕެއް

ފޮޓޯ: ފުލުހުން

ސްކޭމްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ކަމާބެހޭ އިދާރާތައް ގުޅިގެން ކުރެވޭނެކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުމަށް ވޯކްޝޮޕެއް ފަށަައިފިއެވެ.

މަލްޓި އެޖެންސީ ވޯކްޝޮޕް އޮން ކޮމްބެޓިން ސްކޭމް އިންދަ މޯލްޑިވްސްގެ ނަމުގައި ކުރިއަށްގެންދާ މި ވޯކްޝޮޕަކީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން އިސްވެ ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ ސްކޭމްތަކުގެ މައްސަލައަކީ ރާއްޖޭގެ އިތުރުން ދުނިޔޭގައިވެސް ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ.

ސީޕީ ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު ދިވެހިރާއްޖެ ލޮކްޑައުންކުރި ވަގުތާ ދިމާކޮށް މިފަދަ މައްސަލަތައް އިތުރުވެގެންދިޔަ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް ސްކޭމްގެ 998 މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާއިރު އެ މުއްދަތުގެ ތެރޭގައި ސްކޭމްގެ ގޮތުގައި 23 މިލިއަނެއްހާ ރުފިޔާގެ ގެއްލުން އެކި ފަރާތްތަކަށް ލިބިފައިވާކަން ފުލުހުން ފާހަގަކުރެއެވެ.