Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޗައިނާގެ ކުރީގެ ރައީސްގެ ތައުޒިޔާގެ ދަފުތަރުގައި ސޮއިކޮށްފި

ފޮޓޯ: ރައީސް އޮފީސް

ޗައިނާގެ ކުރީގެ ރައީސް ޖިއަން ޒިމިންގެ ހަނދާނުގައި ޗައިނާ އެމްބަސީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސޮއިކުރައްވައިފިއެވެ.

ތައުފިޔާގެ ދަފުތަރުގައި ރައީސް ލިޔުއްވި ބަޔާނުގައި، ޗައިނާގެ ކުރީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ޗައިނާގެ ސަރުކާރަށާއި ރައްޔިތުންނަށް ތައުޒިޔާ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިންގެ ޒައާމަތުގައި އެޤައުމަށް ލިބިގެންދިޔަ ކުރިއެރުންތައްވެސް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އެމަނިކުފާނުގެ ޒައާމަތުގައި، ޗައިނާއިން ބައިނަލްއަޤުވާމީ މައިދާނުގައި ހޯދާފައިވާ ކާމިޔާބީތައްވެސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ

ޗައިނާގެ ކުރީގެ ރައީސް ޖިއަންގ ޒިމިން އަވަހާރަވީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ.