Last Updated: April 24, 23:11
Thursday, April 25, 2024
ވިޔަފާރި

ޑީއެޗްއެލް އިން ފޯޑްގެ އީވީ ގަންނަނީ

ކާރު އުފައްދާ އެމެރިކާގެ މަޝްހޫރު ކުންފުނި ފޯޑް އާއި ޑީއެޗްއެލް ގުޅިގެން 2000 އިލެކްޓްރޯނިކް ވޭން ސަޕްލައިކުރުމަށް އެއްބަސްވެއްޖެ އެވެ.

މި ވެހިކަލްތަކުން އަންނަ އަހަރުގެ ފަހުކޮޅު ހިދުމަތް ފެށޭނެ ކަމަށް ޑީއެޗްއެލް އިން ބުނެ އެވެ. އެ ކުންފުނިން ބުނީ
ވެހިކަލްތަކުން ހިދުމަތް ދޭނީ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުގައި ކަމަށެވެ.

ޑޮއިޗާ ޑީއެޗްއެލް ޕޯސްޓްގެ ޗީފް ޕްރޮކިއޯމެން އޮފިސަރު އެނާ ސްޕިނެލީ ވިދާޅުވީ ތިމާވެއްޓާ ރައްޓެހިކޮށް ޕެޖޭކް ޑެލިވާކޮށް ދިނުމަކީ ކުންފުނިން އަބަދުވެސް ވަރަށްް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ. އިލެކްޓްރޯނިކް ވެހިކަލްތަކާ އެކީ ވޭންތައް އައުމާއި ޑީއެޗްއެލްގެ އިލެކްޓްރޯނިކް ފްލީޓް 25،000 އަށް ވުރެ އިތުރުވާނެ އެވެ.

މިހާރު ވެސް ޑީއެޗްއެލް އިން އިލެކްޓްރޯނިކް ވޭން ބޭނުން ކުރެ އެވެ. އެގޮތުން ބަލްގޭރިއާ، ބެލްޖިއަމް، ޗެކް ރިޕަބްލިކް، ޖަރުމަން، ލަކްޒެމްބާގް، މެކްސިކޯ، ނެދަލޭންޑް އަދި އިނގިރޭސިވިލާތުގައި އެ ބޭނުންކޮށްގެން ހިދުމަތްތައް ދެމުން ދެ އެވެ.

ޑީއެޗްއެލްގެ އަމާޒަކީީ 2050 އާ ހަމައަށް އަންނަ އިރު ކުންފުނި "ޒީރޯ އެމިޝަން" އަށް ބަދަލުކުރުމެވެ.