ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް ގައުމީ އެއާލައިންގެ އެއާބަސްގެ ދަތުރުތަކެއް އައްޑޫ ގަން އެއާޕޯޓަށް ބާއްވަން ނިންމައިފި އެވެ.
އެ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ އެެއާބަސް އޭ320 މަރުކާގެ ބޯޓްގައި ގަމަށް ދަތުރުތައް ބާއްވާނީ މި މަހުގެ 15 އިން ފެށިގެން އަންނަ މަހުގެ 7 އާ ހަމައަށް ކަމަށެވެ. އެ ކުންފުނިން ބުނީ ސްކޫލް ބަންދާ ދިމާކޮށް މާލެ އާއި އައްޑުއާ ދެމެދު ދަތުރުކުރާ މީހުން އަބަދު ވެސް އިތުރުވާ ކަމަށާއި އެގޮތުން ކުރިއަށް އޮތް ސްކޫލް ބަންދާ ދިމާކޮށް އެއާބަހުގައި ފަށާ ދަތުރުތަކާ އެކީ ބޮޑު ފަސޭހައިން ލިބިގެން ދާނެ ކަމަށެވެ.
މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވެސް ގަމަށް އެއާބަހުގެ ދަތުރުތަކެއް މޯލްޑިވިއަނުން ބޭއްވި އެވެ.
ސްކޫލް ބަންދާ ދިމާކޮށް އައިއޭސް އިން ވަނީ އެއާބަހުގައި ރާއްޖޭން ބޭރަށް ވެސް ދަތުރުތަކެއް ބާއްވަން ނިންމައިފަ އެވެ. އެގޮތުން ބަންދު ތެރޭގައި ރާއްޖޭން ބޭރަށް 8 ބާއްވަން ހަމަޖެހިފައިވެ އެވެ.