Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ރާއްޖެއަށް 1.5 މިލިއަން ޓޫރިސްޓުން އަތުވެއްޖެ

ހުޅުލެ އެއާޕޯޓުގައި ފަތުރުވެރިންތަކެއް ހަރަކާތްތެރިވަނީ -- ފޮޓޯ: ސަން

މި އަހަރު މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ޒިޔާރާތް ކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 1،508،298 ފަތުރުވެރިންނެވެ. އެގޮތުން މިމަހުގެ ފުރަތަމަ ތިން ދުވަހުވެސް ރާއްޖެއަށް 17،055 ފަތުވެރިން ވަނީ އައިސްފައެވެ. އެންމެ ގިނަ ފަތުރުވެރިން މިހާތަނަށް އައިސްފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. އެއީ 6،100 ފަތުވެރިންނެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކައް ބަލާއިރު، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން މިއަހަރު މިހާތަނަށް އައިސްފައިވަނީ އިންޑިއާ މާކެޓުންނެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިޔާއިންނެވެ. މާކެޓުގެ 10.8 އިންސައްތައާއެކު ތިންވަނަ ހޯދާފައިވަނީ އިންގިރޭސި ވިލާތުންނެވެ.

މިއަހަރު މިހާތަނަށް ފަތުރުވެރިން ރާއްޖެ އަންނަމުންދާ ނިސްބަތައް ބަލާއިރު، ކޯވިޑުގެ ކުރީން 2019 ވަނަ އަހަރުވެސް ޑިސެމްބަރު މަހުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އައިސްފައިވެއެވެ. އެއަހަރު މުޅި ޖުމްލަ 1.7 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު، ސަރުކާރުގެ އާމަޒަކީ މިއަހަރު ތެރޭ އެއަދަދަށް ފަތުރުވެރިން ރާއޖެއ ގެނައުމެވެ.

މިކަމަށްޓަކައި އެމްއެމްޕީއާރްސީ އާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުންދާއިރު، ފަތުރުވެރިންގެ މެދުގައި ދުނިޔޭގެ އެންމެ މަޤްބޫލު މަންޒިލުގެ މަޤާމު ރާއްޖެ ވަނީ ފައިތުވި ތިން އަހަރުވެސް ހޯދާފައެވެ.