ވަޅިއެއް ހިފައިގެން ޖަރުމަން ސްކޫލަކަށް ވަދެ، ދަރިވަރަކު މަރާލައިފި އެވެ.
މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެކުނު ޖާމަނީގެ އަވަށެއް ކަމަށްވާ އިލަކިޗްބާގްގެ ސްކޫލެއްގައި އިއްޔެ ދިން ހަމަލާގައި މަރުވީ 14 އަހަރުގެ އަންހެން ދަރިވަރެކެވެ. އެ ކުއްޖާ މަރުވީ ލިބުނު ޒަހަމްތަކަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ. އަދި އެ ހާދިސާގައި 13 އަހަރުގެ ކުއްޖަކު ވެސް ޒަހަމްވެގެން ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.
ފުލުހުން މިހާރު ވަނީ ހަމަލާދިން މީހާ ހައްޔަރުކޮށްފަ އެވެ. އެއީ ޖަރުމަނުގައި ރެފިއުޖީއެއްގައި ދިރިއުޅެމުން އަންނަ އަދި ހިމާޔަތް ހޯދަން ހުށަހަޅާފައިބާ އެރިތުރިއާ އަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެނެކެވެ. ސްކޫލް ހުރި ސަރަހައްދުގެ އިމާރާތެއްގެ ތެރޭގައި އޭނާއާ އެކީ އިތުރު އެހެން ދެ މީހަކު ވެސް ހައްޔަރުކޮށްފައިވެ އެވެ. އަދި އެ މީހުން ގެންގުޅުނު ވަޅި ވެސް އެތަނުން ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން މިހާރު އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، ހަމަލާދިން ސަބަބު އަދި ސާފުނުވާ ކަމަށެވެ.