މިފްކޯ އަށް ގަންނަ މަހުގެ މިންވަރު އިތުރުކުރުމަށްޓައި އެ ކުންފުންޏަށް އިތުރު ތިން ބޯޓު ގަނެފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން ބުނީ އަލަށް ގަތް ބޯޓުތަކުގެ ރަޖިސްޓްރޭޝަން ބަދަލުކުރުމުގެ މަރުހަލާ މިހާރު ކުރިއަށްދާ ކަމަށެވެ. އެހެންވެ ބޯޓުތައް ރާއްޖެ އަށް ގެނެވޭނެ އިރަކާއި ބޯޓުތަކާ ގުޅޭ އިތުރު ތަފްސީލެއް މިފްކޯ އިން ހާމައެއްނުކުރެ އެވެ.
މިފްކޯގެ ފްލީޓުގައި މިހާރު އޮންނަނީ ދެ ބޯޓެވެ. އެއީ 100 ޓަނުގެ މިސްކިރޭ "ޖަޒީރާ 102" އާއި 90 ޓަނުގެ މަސްކިރޭ "މަހާ ކަލަމިންޖާ" އެވެ.
މިފްކޯ އިން ގަންނަ މަހުގެ އަދަދު އިތުރުކުރުމަށްޓަކައި އިތުރު ދެ ބޯޓް ގަތްއިރު، ރާއްޖޭގެ މަސްވެރިން އެންމެ ބޮޑަށް ކުރާ އެއް ޝަކުވާ އަކީ ބާނާ މަސް އެކަށީގެންވާ ގޮތަށް ނުކިރޭކަމުގެ ޝަކުވާ އެވެ. މިކަމާ ހެދި ބައެއް ފަހަރު މަސް ނުކިރުވިގެން މަސްވެރިން މަސް އުކައިލާ ހާލަތްތައް ވެސް ދިމާވެފައިވެ އެވެ.