Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ހަތިޔާރާ އެކީ ސިފައިންގެ ތަމްރީނެއް އައްޑޫގައި

އައްޑޫގައި 2016 ގައި ސިފައިން ބޭއްވި ތަމްރީނުގެ ތެރެއިން.

ހަތިޔާރާ އެކީ އެމްއެންޑީއެފް މެރިންކޯގެ ތަމްރީންތަކެއް އައްޑޫގައި ފަށައިފި އެވެ.

މިކަމާ ގުޅިގެން ކައުންސިލުން މިއަދު ބުނީ މިދިޔަ ހޮނިހިރު ދުވަހު ފެށި އެ ތަމްރީނު އަންނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ސިފައިން ހަތިޔާރާ އެކީ ހަރަކާތްތެރިވަމުން އަންނާނެކަން އާންމުންގެ ސަމާލުކަނަށް ކައުންސިލުން ގެނެސްފައިވެ އެވެ.

މީގެ ކުރިން ވެސް ހަތިޔާރާ އެކީ އައްޑޫގެ އަވަށްތަކުގެ މަގުތަކުގައި ސިފައިން ތަމްރީނުތަކެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

މެރިންކޯގެ ތަމްރީނެއް އައްޑޫގައި ކުރިއަށްދާ އިރު، މި މަހުގެ 30 އިން އަންނަ މަހުގެ 14 އާ ހަމައަށް އެމްއެންޑީއެފް ސަދަން އޭރިއާގެ ތަމްރީނެއް ވެސް ގަމުގައި ކުރިއަށް ގެންދަން ނިންމާފައިވެ އެވެ. މި ތަމްރީނުގައި ވަޔާއި ކަނޑުގެ ސަރަހައްދު ބޭނުންކުރަން ހަމަޖެހިފައިވެ އެވެ.