ކޮމިއުނިޓީ ފަންޑުގެ ދަށުން މި އަހަރުގެ ތިން ވަނަ އަދި ހަތަރު ވަނަ ކުއާޓަރުގައި ހުށަހެޅި ނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޮން ހޮވައި އެ ފަރާތްތައް މިއަދު އިއުލާންކޮށްފި އެވެ.
ތަފާތު އެކި ދާއިރާތަކުން މުިޖުތައުމަށް ފައިދާ ހުރި ޕްރޮޖެކްޓްތަކެއް ހިންގަން 10 ފަރާތެއް ހޮވާފައިވެ އެވެ. އެގޮތުން ތައުލީމާއި، ކުޅިވަރާއި ތިމާވެށި ހިމާޔަތްކުރުން ފަދަ ދާއިރާތަކަށް އަމާޒުކޮށްގެން ހުށަހަޅި ޕްރޮޖެކްޓްތަކުގެ ތެރެއިން 10 ޕްރެޖެކްޓެއް ހޮވާފައިވާއިރު، އެއިން ކޮންމެ ޕްރޮޖެކްޓަކަށް 50،000ރ. ދޭނެ އެވެ.
ފަންޑުން އެހީ ލިބުނު 10 ޕްރޮޖެކްޓް:
1. އައްޑޫ ހިތަދޫ ކޮމިއުނިޓީ ގާޑަން
2. ހއ. މާރަންދޫ ސްކޫލުގައި އައުޓްޑޯ ލައިބްރަރީއެއް ތަރައްގީކުރުން
3. ނ. ޅޮހީގައި ބީޗް ޕިކްނިކް ޕާކު ތަރައްގީކުރުން
4. ލ. މުންޑޫ ބަނދަރު ސަރަހައްދުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމުކުރުން
5. ގއ. ކޮނޑޭގައި ޕިކްނިކް ސަރަހައްދެއް ތަރައްގީކުރުން
6. މ. މަޑުއްވަރީ ސްކޫލުގައި މަޑުކޮށްލައިގެން ތިބޭނެ ސަރަހައްދެއް ގާއިމުކުރުން
7. ށ. ފޯކައިދޫ ސްކޫލު ކޮމްޕިއުޓަ ލެބެއް ހެދުން
8. ށ. މިލަންދޫ ސްކޫލްގައި އަލިމަސް ޕާކު ތަރައްގީކުރުން
9. ލ. ފޮނަދޫ ކްލާސްރޫމް ޑިޖިޓަލައިޒް ކުރުން
10. ބ. މާޅޮހުގައި މަގުބައްތި ހަރުކުރުން
ގައުމީ ބޭންކްގެ ކޮމިއުނިޓީ ފަންޑަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދޭން ކުރިއަށް ގެންދާ ފަންޑެކެވެ. އެގޮތުން މިހާތަނަށް ފަންޑުން 80 ޕްރޮޖެކްޓް ހިންގުމަށް މާލީ އެހީ ދީފައިވެ އެވެ.