Last Updated: April 25, 22:42
Thursday, April 25, 2024
ދުނިޔެ

މާސިޑީސް އިން އާ މޮޑެލްއެއްގެ ކާރެއް ދައްކާލައިފި

ޖަރުމަނުވިލާތުގެ މަޝްހޫރު ކާރު ކުންފުނި، މާސިޑިޒް އިން 2023 އޭމްޖީ އެސް63 ދައްކާލައިފި އެވެ.

ޕްލަޖްއިން ހައިބްރިޑް ސިސްޓަމްއަކާ އެކީ މި ކާރަކީ 4.0 ލީޓަރި ޓުއިންޓާބޯ ވީ 8 އިންޖީން، 791 ހޯސްޕަވާ އަދި 1055 ޕައުންޑް ފީޓް ޓޯކް އުފައްދާ ކާރެކެވެ. އަދި މި ކާރަކީ 60-0 ކިލޯމީޓަރަށް އެންމެ 3.5 ސިކުންތުގެ ތެރޭގައި ދުވެލާވަރުގެ ކާރެކެވެ.

މާސިޑީސްގެ އެހެން އޭއެމްޖީތަކާ ތަފާތުކޮށް އެސް ކްލާސްގެ އިންޓީރިޔާ ވަނީ ލަކްޒަރީ ސްޓައިލްއަކަށް ފަރުމާކޮށްފަ އެވެ. އޭއެމްޖީ މޮޑެލްތަކަކީ މާސިޑިސްގެ ސްފޯޓްސް އެޑިޝަނަވެ. 2023 އޭއެމްޖީގެ އަގު އަދި އިއުލާން ނުކުރި ނަމަވެސް ބައެއް މީޑިއާތަކުން ލަފާކުރާ ގޮތުގައި މީގެ އަގު ފެށޭނީ އެމެރިކާ 150،000 ޑޮލަރުންނެވެ.

މި ކާރަކީ މާސިޑިސްގެ އީޕާފޯމެންސް ގުރޫޕަށް އަންނަ 3 ވަނަ ކާރު ކަމަށް މާސިޑީސް އިން ބުންޏެވެ. މާސިޑީސް ޖީޓީ 4 ޑޯ އާއި ސީ ކްލާސް ގައިވެސް މިހާރު ހައިބްރިޑް ސިސްޓަމް ހުރެ އެވެ.