އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި އެ ޕާޓީގެ މެމްބަރުން ވޯޓް ދޭނީ ރައީސް އިބްރާހީމް ސޯލިހަށް ކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެ އެވެ.
އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެމްބަރުން ވޯޓް ދޭނީ ޕާޓީ އަށް ވެރިކަން ހޯދައިދެވޭނެ ކެންޑިޑޭޓަކަށް ކަމަށާއި އެއީ ރައީސް ސޯލިހުކަން ޔަގީން ކަމަށެވެ.
"އެމްޑީޕީ މެމްބަރުން ނޭދެނޭ އެނބުރި އަނިޔާވެރި ކަމަށް ދާން. އެމްޑީޕީ މެމްބަރުން ނޭދޭނެ ހުރިހާ ސިޔާސީ ވެރިން ޖަލުގައި ތިބޭ މަންޒަރު ދެކެން." ނިހާދު ވިދާޅުވި އެވެ.
MDP Primary gai MDP Memberun Vote dheynee party ah verikan hoadhai dheveyne candidate akah! MDP Memberun ne~edhey emburi Aniyaaveri kamah dhaan! MDP Memberun ne~edhey Hurihai verin jalugai thibey manzaru dheken! 2023 MDP ah hoadhai dheveynee Raees @ibusolih ah kan Yageen!
— Feydhoo Meehaa (Mohamed Nihad) (@nihad_m) December 6, 2022
އެހެންވެ އެމްޑީޕީ އަށް އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ހޯއްދަވައި ދެވެނީ ރައީސް ސޯލިހަށްކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވި އެވެ.
ރައީސް ދެވަނަ ދައުރަކަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވީ މި އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ. ނަމަވެސް އަދިވެސް އެމްޑީޕީން ޕްރައިމަރީ ބާއްވާނެ ދުވަހެއް ނުނިންމަ އެވެ. އަދި އެކަމަށް ފުރުސަތެއް ވެސް ހުޅުވައެއް ނުލަ އެވެ. އެކަމަކު އަޑުތައް އަރާފައިވާ ގޮތުން ރައީސް މުހައްމަދު ޕްރައިމަރީގައި ވާދަކުރައްވާނެ އެވެ.