Last Updated: April 23, 18:00
Tuesday, April 23, 2024
ޚަބަރު

މޯލްޑިއަވިއަނުން އެކްސެސް ބެގޭޖްގެ ފީ ބޮޑުކޮށްފި

މޯލްޑިވިއަނުން އެކްސެސް ބެގޭޖަށް ނަގާ ފީ ބޮޑުކޮށްފި އެވެ.

ގައުމީ އެއާލައިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ މިއަދުން ފެށިގެން އެކްސެސްވާ ކޮންމެ ކިލޯއަކަށް ހަނިމާދު އާއި ހޯރަފުއްޓާއި ކުޅުދުއްފުށީ އެއާޕޯޓުން 36ރ ނަގާނެ ކަމަށެވެ. އަދި އިފުރާއި މާފަރާއި އަދި މަޑިވަރަށް އިތުރުވާ ކޮންމެ ކިލޯއަަށް 30ރ. ނަގާނެ އެވެ.

މީގެ އިތުރުން ފުނަދޫން 36ރ. އާއި ދަރަވަންދު އާއި ތިމަރަފުށިން 24ރ. އަދި ކައްދު އަށް 36ރ، ނަގަން ނިންމާފައިވާ އިރު، ކޫއްޑު އާއި ކާޑެއްދޫގެ އިތުރުން މާވަރުލަށް 48ރ. ނަގާނެ އެވެ. ރާއްޖޭގެ އެންމެ ދެކުނުގެ އެއާޕޯޓްތައް ކަމަށްވާ ފުވައްމުލަކަށް 57ރ. އަދި އައްޑޫ ގަމަށް އިތުރުވާ ކޮންމެ ކިލޯއަކަށް 60ރ. ނަގަން ވަނީ ނިންމައިފަ އެވެ.

އެއްވެސް ފީއެއް ނުނަގާ ގޮތަށް އުފުލެނީ 20 ކިލޯ އެވެ.