Last Updated: June 24, 03:22
Tuesday, June 23, 2026
ޚަބަރު

ކުޑަގިރި މި މަހު ހުޅުވޭތޯ ބަލަނީ

ކުރިން މިދިޔަ މަހުގެ ތެރޭގައި ވެސް ހުޅުވަން ވެސް އަމާޒު ހިފި ޕިކްނިކް އައިލޭންޑް، ކުޑަގިރި މި މަހު ހުޅުވޭތޯ ބަލަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.

މާލެ ސަރަހައްދުގެ ރައްޔިތުން ދަތުރު ދާން ހާއްސަކޮށްގެން ތަރައްގީކުރި މި ރަށް އެންމެ ފުރަތަމަ ހުޅުވާ ގޮތަށް ސަރުކާރުން ޕްލޭން ކުރީ މިނިވަން ދުވަހާ ދިމާކޮށް ޖުލައި މަހު އެވެ. ނަމަވެސް އެހާތަނަށް މަސައްކަތްތައް ނުނިމިގެން ކުޑަގިރި ހުޅުވަން ލަސްކުރުމަށް ފަހު، މިދިޔަ މަހު އެތަން ހުޅުވަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

އެކަމަކު ނޮވެމްބަރު ނިމުނީ އެކަން ހަގީގަތަކަށް ނުހެދި އެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކުޑަގިރި ހުޅުވުން ލަސްވާން ދިމާވި މައިގަނޑު ސަބަބަކީ ރަށް ފެހިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނާތީ އެވެ.

މިހާރު ޕްލޭނިން މިނިސްޓްރީން ބުނީ މި މަހުގެ ތެރޭގައި ކުޑަގިރި ހުޅުވަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ރަސްމީކޮށް އަދިވެސް ސީދާ ތާރީހެއް ނެތެވެ.

ކުޑަގިރި އަކީ މާލޭން ފުރައިގެން ލޯންޗެއްގައި 15 މިނިޓުން ދެވާހޭ ހިސާބުގައި ހިއްކައިގެން ތަރައްގީކޮށްފައިވާ ރަށެކެވެ. އެގޮތުން މި ތަނުގައި ދަތުރުދާ މީހުންނަށް ބޭނުން ވާނެ ހުރިހާ ވަސީލަތްތަކެއް ހުންނާނެ އެވެ.