މި އަހަރު ގިނަ ބަޔަކު އެންމެ ބޮޑަށް އިންތިޒާރުކުރަމުން އަންނަ ފިލްމު "އެވަޓާ 2" ގެ ފުރަތަމަ ޕްރީމިއާ ލަންޑަންގައި ބޭއްވުމާ އެކީ އެ ބެލި މީހުން ޓްވިޓާގައި ފިލްމު ރިވިއުކޮށް، ތައުރީފު އޮއްސަން ފަށައިފި އެވެ
މި މަހުގެ 16 ގައި ރަސްމީކޮށް ސިނަމާތަކަށް ގެންނަން ނިންމާފައިވާ "އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަކީ ޑައިރެކްޓަރު ޖޭމްސް ކެމަރޮން 2009 ގައި ގެނެސްދިން "އެވެޓާ" ގެ ސީކްއެލް އެވެ. އިންސާނުންނާއި ޕެންޑޯރާ ކިޔާ ދުނިޔެއެއްގެ އާދަޔާހިލާފު ބަޔަކާ ދެމެދު ހިނގާ ކުރިމަތިލުންތަކެއް ދައްކުވައި ދިން ފިލްމުގެ ދެވަނަ ބައި، ކުރީގެ ބަޔަށް ވުރެ ހުރިހާ ގޮތަކުން ފުރިހަމަވެފައި، މޮޅު ކަމަށް އެެލި ބައެއް މީހުން ވަނީ ބުނެފަ އެވެ.
AVATAR: THE WAY OF WATER: Yeah never bet against James Cameron. Trying to spare hyperbole, but I’ve never seen anything like this from a technical, visual standpoint. It’s overwhelming. Maybe too overwhelming. Sometimes I’d miss plot points because I’m staring at a Pandora fish
— Mike Ryan (@mikeryan) December 6, 2022
އެހެންވެ އާންމު އޯޑިއަންސް މިހާރު އޮތީ "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ސިނަމާތަކުގައި ތަޖުރިބާކޮށްލަން ކެތްމަދުވެފަ އެވެ. އާ ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ މި ފަހަރުގެ ޕެންޑޯރާގެ ވާހަކަ ފެނުގެ އަޑިން ކިޔައި ދިނުމެވެ. އެގޮތުން އާ ފިލްމަކީ މީގެ ކުރިން ކަނޑު އަޑީގެ ޗާލޫކަމާއި ހައިރާންކުރުވަނި އެތައް ކަމެއް، ސްކްރީނުން ނުފެންނަހާ ތަފާތުކޮށް ދައްކުވައި ދޭނެ އެއްޗެކެވެ.
Happy to say #AvatarTheWayOfWater is phenomenal! Bigger, better & more emotional than #Avatar, the film is visually breathtaking, visceral & incredibly engrossing. The story, the spectacle, the spirituality, the beauty – this is moviemaking & storytelling at its absolute finest. pic.twitter.com/RicnpDghrx
— Erik Davis (@ErikDavis) December 6, 2022
އެހެންވެ "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ބެލި މީހުން އެންމެ ބޮޑަށް ތައުރީފުކޮށްފައި ވަނީ މީގެ ވީއެފްއެކްސްއަށެވެ. ގިނަ ބަޔަކު ބުނެފައި ވަނީ އުންމީދުކުރި ވަރަށް މާ ބޮޑަށް ވެސް ފިލްމު ޗާލު ކަމަށެވެ. އެގޮތުން ބެލުންތެރިން ސިނަމާތަކުގައި މުޅިން އެހެން ދުނިޔެއަކަށް ގެންގޮސްދޭނެ އެއްޗެއް ކަމަށް ބުނެފައިވެ އެވެ.
James Cameron once again shows filmmakers how it’s done. I’ve said it a thousand times. Never doubt him. AVATAR: THE WAY OF WATER is how you do epic blockbuster-ing. Emotional, visceral, and as big as movies get. @officialavatar
— Josh Horowitz (@joshuahorowitz) December 6, 2022
"އެވަޓާ: ދަ ވޭ އޮފް ވޯޓާ" އަކީ 400 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހަދާފައިވާ އެއްޗެކެވެ. ފިލްމީ ޚަބަރުތައް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި ފިލްމު ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހަދާނެ އެވެ. އެގޮތުން މީގެ ފުރަތަމަ ބައިގެ ރެކޯޑް ވެސް ދެވަނަ ބައިގެ މުގުރައިލާނެ ކަމަށް ބުނެފައިވެ އެވެ.
Unsurprisingly, #AvatarTheWayOfWater is a visual masterpiece with rich use of 3D and breathtaking vistas. It does suffer from a thin story and too many characters to juggle, yet James Cameron pulls it together for an extraordinary final act full of emotion and thrilling action. pic.twitter.com/opr6CRyOwk
— Ian Sandwell (@ian_sandwell) December 6, 2022
"އެވަޓާ" އަކީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމެވެ. އެއަށް 2.923 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.