Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"ޕެރަސައިޓް" ގެ ޑައިރެކްޓަރު 2024 ގައި

"ޕެރަސައިޓް" އާ އެކީ ހޮލީވުޑް ސިއްސުވާލި ދެކުނު ކޮރެއާގެ ކުޅަދާނަ ޑައިރެކްޓަރު ބޮންގް ޖޫން ހޯގެ އާ ފިލްމު "މިކީ 17" ގެ ފަސްޓްލުކް ދައްކާލައިފި އެވެ.

މި ސައިންސް ފިކްޝަން ފިލްމި ބެލުންތެރިންނަށް ދޫކޮށްލަން އޮތީ މާޗް 29، 2024 ގަ އެވެ. ފިލްމަށް ކުރަން ޖެހޭ އިންތިޒާރު އަދި ވަރަށް ދިގެވެ. އެކަމަކު "މިކީ 17" އިން މޯޝަން ފަސްޓްލުކުން ވަނީ މިއީ އާދައިގެ ފިލްމަކަށް ނުވާނެކަން ދައްކުވައި ދީފަ އެވެ. ޓީޒާއާ އެކީ އޭގެ ޝައުގުވެރިކަން އިތުރުކޮށް ދީފައިވާ އިރު، މީގެ ލީޑް ބަތަލަކީ "ޓްވައިލައިޓް" ސާގާ އިން ވިދި އިނގިރޭސި އެކްޓަރު ރޮބަޓް ޕެޓިންސަނެވެ.

އިތުރު ކާސްޓުންގެ ތެރޭގައި މާކް ރަފަލޯ، ޓޯނީ ކޮލެޓް، ސްޓީވް ޔެއެން އަދި ނިއޯމީ އެކީ ހިމެނެ އެވެ.

"މިކީ 17" އަކީ ލިޔުންތެރިޔާ އެޑްވަޑް އޭޝްޓަންގެ މި އަހަރުގެ ވާހަކަ "މިކީ 7" އަށް ބިނާކޮށް ހަދާފައިވާ ފިލްމެކެވެ.

މީގެ ޑައިރެކްޓަރު ބޮންގްގެ 2019 ގެ "ޕެރަސައިޓް" ގެ ކާމިޔާބީތަކުގެ ވާހަކަ އަށް ޖެހިލާ އިރު، މި ފިލްމަށް އޮސްކާގެ އެންމެ މޮޅު ފިލްމުގެ އިތުރުން އެންމެ މޮޅު ޑައިރެކްޓަރާއި އެންމެ މޮޅު އޮރިޖިނަލް ސްކްރީންޕްލޭގެ އިތުރުން އެންމެ މޮޅު ބޭރު ފިލްމުގެ އޮސްކާ ވެސް ލިބިފައިވެ އެވެ. އަދި މި އަހަރު ބޭއްވި ގޯލްޑެން ގްލޯބް އެވޯޑްސްގެ މޮޅު ބޭރު ފިލްމަކީ ވެސް "ޕެރަސައިޓް" އެވެ.