Last Updated: July 22, 18:06
Wednesday, July 22, 2026
ދުނިޔެ

ނައިބު ރައީސަށް ހަ އަހަރުގެ ޖަލު ހުކުމެއް

ކޮޕަރްޝަނުގެ ކުށް ސާބިތުވެ އާޖެންޓީނާގެ އަންހެން ނައިބު ރައީސް ކްރިސްޓީނާ ފެނަންޑޭޒް ޑި ކާޗްނާ އަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މިއީ މަގާމުގައި ހުންނަވަނިކޮށް އާޖާންޓީނާގެ ނައިބު ރައީސެއްގެ މައްޗަށް ކުށް ސާބިތުވި ފުރަތަމަ ފަހަރެވެ.

އުމުރުން 69 އަހަރުގެ ނައިބު ރައީސްގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ގާތް ރައްޓެއްސަކަށް ސަރުކާރުގެ މަޝްރޫއުތަކެއް ދެއްވިކަމުގެ ތުހުމަތުކުރެވި، ކުރި ދައުވާތައް ސާބިތުވެ ޖަލު ހުކުމެއް އިއްވި ނަމަވެސް އޭނަގެ މަގާމުގެ ހައިސިއްޔަތާ ހެދި ޖަލު ހުކުމުން ސަލާމަތްވުމުގެ ފުރުސަތު އޮތް ކަމަށް މީޑިއާތަކުން ބުންޏެވެ. އަނެއްކޮޅުން ކްރިސްޓީނާގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރަން ވަނީ ނިންމައިފަ އެވެ. އަދި މަރުހަލާ އަށް ދިގު މުއްދަތެއް ނަގާނެ ކަމަށްވެ އެވެ.

ކޮރަޕްޝަންގެ ކުށް ސާބިތުވި އިރު އޭނަ ވަނީ އުމުރު ދުވަހަށް ސިޔާސީ މަގާމުތައް އަދާކުރުން ވެސް މަނާކޮށްފަ އެވެ. ނަމަވެސް އިއްވި ހުކުމް އިސްތިއުނާފު ކުރަން ނިންމާފައިވާތި އެ މަރުހަލާ ފުރިހަމަ ވަންދެން ކްރިސްޓީނާ ނައިބު ރައީސްގެ މަގާމުގައި ދެމިހުންނަވާނެ އެވެ.

ކްރިސްޓީނާގެ މައްޗަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން އޭނާ އަކީ ވަގަށް ކަމަށް ސިފަކޮށް، މިދިޔަ ސެޕްޓެމްބަރު މަހުގެ 1 ގައި އަވަހަރާކޮށްލަން ހަމަލާއެއް ދޭން ވެސް މަސައްކަތްކޮށްފައިވެ އެވެ. އެ މައްސަލާގައި 35 އަހަރުގެ މީހަކު ހައްޔަރުކޮށް، ނައިބު ރައީސް އަވަހާރަކޮށްލަން އުޅުމުގެ ދައުވާކޮށްފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކްރިސްޓީނާގެ މައްޗަށް ކޮރަޕްޝަނުގެ ކުށް ސާބިތުވެ، ޖަލު ހުކުމެއް އައި އިރު، އަންނަ އަހަރު ސެނެޓަށް ނުވަތަ ރައީސް ކަމަށް ވެސް ވާދަކުރައްވަން ޕްލޭންކޮށްފައިވެ އެވެ.