Last Updated: July 27, 18:03
Monday, July 27, 2026
މުނިފޫހިފިލުވުން

"މެޓްރޯ 2" ގައި ސާރާ އާއި އަދިތިޔާ

ޑައިރެކްޓަރު އަނޫރާގް ބާސޫ މީގެ 15 އަހަރު ކުރިން ގެނެސްދިން ކާމިޔާބު އެންތޮލޮޖީ ފިލްމު "ލައިފް އިން އަ…މެޓްރޯ" ގެ ސީކްއެލް މިއަދު އިއުލާންކޮށްފި އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ހަދަން ނިންމާފައިވާ ފިލްމަށް ދީފައިވާ ނަމަކީ "މެޓްރޯ: އިންދިނޯ" އެވެ. މީގެ ކާސްޓްގައި ސާރާ އަލީ ޚާނާއި އަދިތިޔާ ރޯއި ކަޕޫރާއި އަނޫޕަމް ކޭރާއި ނީނާ ގުޕްތާ އާއި ކޮންކޮނާ ސެން ޝަރުމާ އާއި އަލީ ފަޒަލް އާއި ޕަންކަޖް ޓްރިޕަތީގެ އިތުރުން ފާތިމާ ސަނާ ޝައިހް ހިމެނެ އެވެ.

ކޮންކޮނާ އަކީ 2007 ގެ "ލައިފް އިން އަ…މެޓްރޯ" ގެ ރޯލެއް ވެސް ކުޅުނު ބަތަލާއެކެވެ. އަދި ޕަންކަޖާއި އަދިތިޔާގެ އިތުރުން ފާތިމާ އަކީ އަނޫރާގް އެންމެ ފަހުން 2020 ގައި ގެނެސްދިން އެންތޮލޮޖީ ފިލްމުގެ ކާސްޓްގައި ވެސް ހިމެނުނު ތަރިންނެވެ.

"މެޓްރޯ" ގެ ސީކްއެލްގެ މިއުޒިކް ޑައިރެކްޓަރަކަށް ނެގީ ފުރަތަމަ ފިލްމަށް ވެސް ހިތްގައިމު އަދި އެހާމެ މަގުބޫލު ލަވަތަކެއް ހެދި ޕްރިތަމް އެވެ.

އަނޫރާގް "މެޓްރޯ" ގެ ސީކްއެލް އިއުލާންކޮށްފައި މި ވަނީ ކާތިކް އާރިއަނާ އެކީ "އާޝިގީ 3" ހަދަން ވެސް އިއުލާންކޮށްފައި ވަނިކޮށެވެ. އެކަމަކު މިހާރު ބެލެވޭ ގޮތުން އެ ފިލްމުގެ ކުރިން "މެޓްރޯ" ގެ ސީކްއެލް ނިންމައި ބެލުންތެރިންނަށް ގެނެސްދޭނެ އެވެ.