Last Updated: June 14, 20:24
Sunday, June 14, 2026
ޚަބަރު

ޑޯގް ސްކޮޑަށް ގޮވާތަކެތި ދެނެގަންނަ ކުއްތާތަކެއް

ދިވެހި ފުލުހުންގެ ހިދުމަތުގެ ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާ ފުލުހުންގެ އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި ކުއްތާތަކަކީ ނުރައްކާތެރި ގޮވާތަކެތި ދެނެގަތުމަށް ހާއްސަކޮށްގެން އެމެރިކާގައި ތަމްރީނުކޮށްފައިވާ ކުއްތާތަކެއް ކަމކެވެ. މި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރުމާއި ކުއްތާތައް ބެލެހެއްޓުމަށް އެމެރިކާގައި 10 ފުލުހުން ތަމްރީނުކޮށްފައިވެ އެވެ.
މި އަހަރުގެ ޖުލައި މަހު ރާއްޖެ ގެނައި މި ކުއްތާތައް، ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެންމެ ފުރަތަމަ ބޭނުންކޮށްފައި ވަނީ މިދިޔަ މަހު އައްޑޫގައި ކުރިއަށް ގެންދިޔަ ކައުންޓަ-ޓެރަރިޒަމް އޮޕަރޭޝަންގަ އެވެ.

ޓެރަރިޒަމް އޮޕަރޭޝަންތަކުގެ އިތުރުން އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް، ކަސްޓަމްސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖޜން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެެންޓުތަކުގައި ވެސް ފުލުހުންގެ ޑޯގް ސްކޮޑް ބޭނުން ކުރަމު ންގެންދެ އެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާ އެކީ ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުން ކުރަމުން އަންނަނީ 25 ކުއްތާ އެވެ. ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތު އެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވެ އެވެ.