Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

ނިންޓެންޑޯ އަށް "ކޯލް އޮފް ޑިއުޓީ"

ދިވެހިންގެ ތެރޭ މަގުބޫލު ގޭމެއް ކަމަށްވާ "ކޯލް އޮފް ޑިއުޓީ" ނިންޓެންޑޯ އަށް ގެންނަން މަސައްކަތް ފަށައިފި އެވެ.

މައިކްރޯސޮފްޓުން އެ ގޭމް ގެންނަން ސޮނީއާ އެކީ އެއްބަސްވެފައި ވަނީ 10 އަހަރަށެވެ.

އެ ކުންފުނީގެ ގޭމިންގެ ސީއީއޯ ފިލް ސްޕެންސާގެ ޓުވީޓެގައި ވިދާޅުވެފައިވާ ގޮތުން މައިކްރޮސޮފްޓުން މަސައްކަތް ކުރަނީ އެ ބަޔަކު ބޭނުންވާ ކޮންމެ ޕްލެޓްފޯމަކުން ވެސް ވީހާ ވެސް ގިނަ ގޭމުތަކެއް ކުޅެވޭނެ ގޮތް ހެދުމެވެ.

ޓްވީޓްގައި އޭނާ ވިދާޅުވީ "ކޯލް އޮފް ޑިއުޓީ" މިހާރު ސްޓީމުން ވެސް ލިބެން ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ.

"ކޯލް އޮފް ޑިއުޓީ" ނިންޓެންޑޯގެ ހުރިހާ ސްވިޗަކަށް ވެސް ގެންނާނެ އެވެ. މި ގޭމްގެ ފުރަތަމަ ވާޝަން ނެރުނީ 2003 އެވެ. އަދި އެންމެ ފަހުގެ ބަޔަކީ މިދިޔަ މަހުގެ 16 ގައި ނެރުނު "ކޯލް އޮފް ޑިއުޓީ: ވޯ ޒޯން 2.0" އެވެ.