ޖަރުމަންގެ ސަރުކާރު ވައްޓާލަން ބަޢާވާތެއް ގެންނަން ރޭވި ބަޔަކު ހައްޔަރުކޮށް، އެ މައްސަލަ އިތުރަށް ތަހުގީގުކަރަން ފަށައިފި އެވެ.
މީޑިއާތަކުން ބުނީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތުތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަަނީ ވެރިކަން ބަޢާވަތަކުން ވައްޓާލައި، ވެރިކަމަށް އަންނަން ރާވަމުން ދިޔަކަމުގެ ތުހުމަތުގައި މިހާތަނަށް 25 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުން ހައްޔަރުކުރީ ޖަރުމަންގެ 11 ސިޓީއަކުންނެވެ.
ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ ވާތު ފިޔައިގެ ގްރޫޕްތަކާއި ކުރިން އަސްކަރިއްޔާގައި ވެސް މަސައްކަތްކޮށްފައިވާ ބައެއް މީހުންނެވެ. އަދި ބަގާވާތެއް ގެންނަން ރޭވި މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރޭގައި އެންމެ އިސްކޮށް ތިބި މީހުންގެ ތެރޭގައި ޕްރިންސް ހީންރިޗް 13 ގޮތުގައި ސިފަކުރާ 71 އަހަރުގެ މީހަކު ވެސް ހިމެނެ އެވެ.
މީޑިއާތަކުން ބުނީ ބަޢާވާތް ގެންނަން ރާވަމުން ދިޔަ މީހުން އޮތީ ޖަރުމަންގެ ގާނޫނު ހަދާ މަޖިލީހުގެ އިމާރާތަށް ވަދެގަންނަން ވަރަށް ބޮޑަށް ރާވައި، އެކަމުގެ ތައްޔާރީތައްވެފަ އެވެ.