ވޯލްޑް ބޭންކުގެ އިސް ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ ވަފުދެއް ރާއްޖެ އަށް އަތުވެއްޖެ އެވެ.
އެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ރާއްޖެ ހިމެނޭ ދެކުނު އޭޝިއާގެ ގައުމުތަކަށް ޤައުމުތަކަށް ކަނޑައަޅާފައިވާ ނައިބު ރައީސް މާޓިން ރައިޒާ އެވެ. ވޯލްޑް ބޭންކުގެ ވަފުދަށް އިއްޔެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މަރުހަބާ ކީ ފިނޭންސް މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.
Assalam Alaikum! Thrilled to visit #Maldives for the first time. I look forward to engaging with clients and partners to explore new opportunities for transformative growth, and learning more about development priorities to confront a challenging global context https://t.co/GmodAxlWoC
— Martin Raiser (@MartinRaiser) December 7, 2022
މާޓިން ކުރެއްވި ޓުވީޓެއްގައި މިއީ އޭނާ ރާއްޖެ އަށް ކުރައްވާ ފުރަތަމަ ދަތުރުކަން ފާހަގަކުރައްވައި ރާއްޖެ އަށް އާދެވުމުން ވަރަށް އުފާވެފައި ހުންނެވި ކަމަށް ވިދާޅުވި އެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ކްލައިންޓުންނާއި ޕާޓްނަރުންނާއެކީ، އާ ފުރުޞަތުތައް ހޯދުމަށާއި، ބައިނަލްއަގުވާމީ ގޮންޖެހުންތަކާ ކުރިމަތިލުމަށްޓަކައި ތަރައްގީ އަށް އިސްކަންދޭ ކަންކަމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ތަކެއް ދަސްކުރުމަކީ އުއްމީދެއް ކަމަށް ވެސް ވިދާޅުވި އެވެ.
Wa Alaykumu’salaam VP @martinraiser. Welcome to our beautiful country — world’s leading destination for 3 consecutive years! Look forward to having a very constructive dialogue 🙏🏽 https://t.co/k4Vy7sm8fA
— Ibrahim Ameer (@iameeru) December 7, 2022
މާޓީންގެ ޓުވީޓާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވަނީ ދުނިޔޭގެ އެންމެ ހިތްގައިމު މަންޒިލުގެ ޝަރަފު ޖެހިޖެހިގެން ތިން އަހަރު ހޯދާފައިވާ ރާއްޖެ އަށް މާޓިން ވަޑައިގެންނެވީތީ މަރުޚަބާ ވިދާޅުވެފައިވެ އެވެ. އަދި މި ދަތުރުގެ ތެރެއިން ވަރަށް ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވޭނެކަމުގެ އުންމީދި ވެސް އޮތް ކަމަށް ވިދާޅުވިއެވެ.
ވޯލްޑް ބޭންކުގެ ވަފުދުގެ ރާއްޖެ ދަތުރަކީ ހަތަރު ދުވަހުގެ ދަތުރުކެވެ.
ވޯލްޑް ބޭންކަކީ ރާއްޖެ އަށް މާލީ އެހީދޭ ބައިނަލްއަގްވާމީ އެންމެ ބޮޑު އެއް މުއައްސަސާ އެވެ. ރާއްޖޭގެ ޓެކްސް ބޮޑުކުރަން ދާދި ފަހުން ނިންމީ ވެސް އެތަނުގެ ލަފާގެ މަތިންނެވެ.