"އެވަޓާ" ގެ ދެވަނަ ބައި މި މަހުގެ 16 ގައި ސިނަމާތަކަށް ދޫކޮށްލަން ތައްޔާރުވެފައިވާ އިރު، ފިލްމަށް ޝައުގުވެރިކަން އިތުރު ކުރުމުގެ ގޮތުން އާ ވީޑިއޯ އާންމުކޮށްފި އެވެ.
މީގައި "އެވަޓާ: ދަ ވޭ އޮފް ވޯޓާ" ގެ ޑައިރެކްޓަރު ޖޭމްސް ކެމަރޮންގެ އިތުރުން ފިލްމުގެ މައިގަނޑު ބައެއް ތަރިންގެ ވާހަކަތަކާއި ޕެންޑޯރާ ދުނިޔޭގެ މަންޒަރުތަކާއި އޭގައި ހިނގާނެ ހާދިސާތަކެއް ވެސް ހިމެނެ އެވެ. އެހެންވެ މި ފިލްމު ބަލާލަން ލިބުމުގެ ކުރިން މި ވީޑިއޯ އަކީ ވެސް މި ފިލްމަށް އިންތިޒާރުކުރާ މީހުންނަށް ބޮޑު އުފާވެރި ކަމެއް ގެނެސްދޭނެ އެއްޗެކެވެ.
"އެވަޓާ" ގެ ފުރަތަމަ ބައި ގެނެސްދިންތާ 13 އަހަރު ފަހުން ދެވަނަ ބައި ގެނެސްދޭ އިރު، "އެވަޓާ: ދަ އޮފް ވޯޓާ" މީގެ ހާއްސަ ޕްރީމީއާއެއް މީގެ ދުވަހެއް ކުރިން ލަންޑަންގައި ބޭއްވުމަކީ ފިލްމު ބެލި ވަރަށް ގިނަ ބަޔަކު ޓްވިޓާގައި އެއަށް އިންތިހާ އަށް ތައުރީފުކޮށްފައިވެ އެވެ.
އެހެންވެ މިހާރު ދެން އޮތީ އާންމު އޯޑިއަންސް ފިލްމު ބަލައިގަންނަ ގޮތާއި ބޮކްސް އޮފީހުގައި ކިހާ ވަރުގަދަކަމެއް "އެވަޓާ: ދަ އޮފް ވޯޓާ" ދައްކާނެތޯ ބަލަން މަޑުކޮށްލުމެވެ. ގިނަ ބަޔަކު ލަފާކޮށްފައިވާ ގޮތުގައި މި ފިލްމަކީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި 2009 ގެ "އެވަޓާ" އިން ހަދާފައި އޮތް އެންމެ ބޮޑު އާމްދަނީގެ ރެކޯޑް މުގުރާނެ އެވެ.
"އެވަޓާ" ގެ އާމްދަނީ އަކީ 2.923 ބިލިއަން ޑޮލަރެވެ.