Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އިނގިރޭސި ޒުވާނަކު ރާއްޖޭގައި އިސްލާމްވެއްޖެ

އިނގިރޭސިވިލާތުގެ ޒުވާނަކު ރާއްޖޭގައި އިސްލާމްވެއްޖެ އެވެ.

އޭނަ އިސްލާމްވުމާ ގުޅިގެން އިސްލާމިކް މިނިސްޓްރީން އެކަމުގެ ސެޓްފިކެޓް ވެސް ދީފައިވެ އެވެ. އިސްލާމްވި އިނގިރޭސި ޒުވާނާ އަކީ ރޮބަޓް ކެލެބް ސްޓްރޭންޖް ކިޔާ 25 އަހަރުގެ މީހެކެވެ. މި މަހުގެ 5 ގައި އޭނަ އިސްލާމްވުމާ ގުޅިގެން ނަމަކީ މިހާރު އުމަރެވެ.

ރޮބަޓް އިސްލާމްވި ވާހަކަ އާއި އޭނަ އަށް މިނިސްޓްރީން ދިން ސެޓްފިކެޓާއި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒަހީރު އަލީ ވެސް ރޮބަޓްއާ ބައްދަލުކުރައްވާ މަންޒަރު ފެންނަ ފޮޓޯތަކެއް ދީނީ އިލްމުވެރިޔާ ޑރ. އަބްދުﷲ ޝަހީމް ހަސަން މިއަދު ޓްވީޓްކުރައްވާފައިވެ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގައި ޢައިރު މުސްލިމުން އިސްލާމް ދީން ގަބޫލުކޮށްފައިވެ އެވެ.