Last Updated: June 24, 00:19
Tuesday, June 23, 2026
ޚަބަރު

ރޭ ރޯވި ގޭގެ މީހުން ވަގުތީ ހިޔާގައި

ރޭ މެންދަމު މާލޭގައި ރޯވި ގޭގެ މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައި ދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާންް ރޯވީ ހެންވޭރު ހިރިޔާގޭގެ ތިން ވަނަ ބުރީގަ އެވެ. އެމްއެންޑީފުން ބުނީ އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަރު 3:57 އެހާކަންހާ އިރު ކަމަށާއި އަލިފާންގަނޑު ނިއްވައި ލެވުނީ ފަތިހު 4:23 ހާއިރު ކަމަށެވެ. އެ ހާދިސާގައި އޭގައި ވަރަށް ބޮޑަށް ރޯވެ، ގޭގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވެސް ގެއްލުންވެފައިވެ އެވެ.

އެހެންވެ މިހާރު އެ ގޭ މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައި ދީފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ ހަ މީހެކެވެ. އެއީ ދެ އަންހެނުންނާއި ފިރިހެނަކާއި ތިން ކުޑަކުދިންނެވެ. އެންޑީއެމްއޭ އިން ބުނީ ހިރިޔާގޭގެ ތިން ވަނަ ބުރީގައި ރޯވެ ލިބުނު ގެއްލުންތަކާ ގުޅޭ އެސެސްމަންޓެއް މިހާރު ހަދަމުންނެވެ.

ނަމަވެސް އެ ހާދިސާ ހިނގަން މެދުވެރި ސަބަބެއް ސާފެއް ނުވެ އެވެ. އެކަމާ ގުޅޭ އިތުރު ތަފުސީލެއް އެމްއެންޑީއެފުން ވެސް ފަހަކުން ހާމައެއް ނުކުރެ އެވެ.