Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

މަސްވެރިންގެ ދުވަހުގެ ޖަލްސާ އަށް ރައީސް ވަޑައިގަންނަވާނެ

ފޮޓޯ: ރައީސް އޮފީސް

މަސްވެރިންގެ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ފަރެސްމާތޮޑާގައި ބާއްވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ސޯލިހް އާދީއްތަ ދުވަހު ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން އެ ރަށުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ހަރަކާތްތަކުގައި ރައީސް ބައިވެރިވެލައްވާނެ ކަމަށެވެ.

މިއަހަރު ރާއްޖޭގައި ފާހަގަ ކުރާނީ 42 ވަނަ މަސްވެރިންގެ ދުވަހެވެ. ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަހަކީ، ދިވެހިރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.