Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ރައީސް ހޯމަ ދުވަހު ގަތަރަށް

ގަތަރުގައި ކުރިއަށް ގެންދާ ވޯލްޑް ކަޕްގެ މެޗު ބައްލަވާލައްވަން ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގަތަރަށް ފުރާވަޑައިގަންނަވާނެ ކަމަށް ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މަސްވެރިންގެ ދުވަހުގެ ރަސްމިއްޔާތަށް ގދ. ފަރެސްމާތޮޑާއަށް ކުރައްވާ ދަތުރުފުޅަށްފަހު ހޯމަ ދުވަހު ރައީސް ގަތަރަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ގަތަރަށް ކުރައްވާ ދަތުރުފުޅަކީ އެގައުމުގެ އަމީރު ތަމީމް ބިން ހަމަދު އަލް ތާނީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް މިއުވާން ވިދާޅުވިއެވެ.

މިދަތުރުފުޅުގައޮ ވޯލްޑްކަޕްގެ ސެމީ ފައިނަލްގެ މެޗެއް ރައީސް ބައްލަވާލައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ.

ރައިސް ސޯލިހްގެ ވެރިކަމުގައި ގަތަރާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ މިދަތުރުފުޅަށްފަހު ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެ ކަމަށެވެ.