Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ނައިބު ރައީސް އަންނަ ހަފުތާގައި އައްޑު އަށް

އައްޑުއަށް ނައިބު ރައީސް ކުރެއްވި ދަތުރުފުޅުގެ ތެރެއިން- ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސް ފައިސަލް ނަސީމް އަންނަ ހަފްތާގައި އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން ވިދާޅުވީ އަންނަ ހަފްތާ ބްރާސްފަތި ދުވަހު ނައިބު ރައީސް ފައިސަލް ނަސީމް އައްޑޫސިޓީއަށާއި ފުވައްމުލަކުސިޓީ އަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާނެ ކަމަށެވެ.

މިދަތުރުފުޅުގައި ދެ ސިޓީގެ ތައުލީމީ، ސިއްހީ އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާގޮތް ނައިބު ރައީސް ބައްލަވާލައްވާނެ ކަމަށް މިއުވާން ވިދާޅުވިއެވެ. އަދި ނައިބު ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ބައެއް މުއައްސަސާތަކުގެ ވެރިންނާ ބައްދަލުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް އަންނަވަނީ ދޭތެރެ ދޭތެރެއިން ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރައްވާ މަޝްރޫއުތައް ކުރިއަށްދާގޮތް ބައްލަވާ ލައްވަމުނެވެ.