Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ޖަލު އޮޕަރޭޝަންގައި ފޯނާއި ސިމް އަދި ޑްރަގްސް

ކަރެކްޝަންސްގެ އީއެސްޖީ އޮފިސަރުން- ފޮޓޯ: ކަރެކްޝަންސް

މާފުށީ ޖަލުގައި ސްކޭމް ކުރުމާއި ޓެރަރިޒަމްގެ އަމަލުތައް ހިންގާކަމަށް ބެލެވިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންގެ ތެރެއިން އަތުލައިގަނެފައިވާ ބައެއް ތަކެތީގެ މައުލޫމާތު ހާމަކޮށްފިއެވެ.

ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދެމުން ބުނެފައިވަނީ ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން ފޯނާއި ގިނަ އަދަދެއްގެ ސިމް ކާޑް އަދި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފަދަ މަނާ ތަކެތި ހޯދިފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި އަތުލާގަނެފައިވާ ތަކެތީގެ އިތުރު ތަފުސީލު ފަހުން ހިއްސާ ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ފުލުހުން އަންގާރަ ދުވަހުގެރޭ ބުނެފައިވަނީ ޖަލަށް މަނާތަކެތި ވައްދައިގެން ސްކޭމް ކުރުމާއި ޓެރެރިޒަމަށް މަގުފަހިވާ އަމަލުތައް ހިންގާކަމަށް ލިބިފައިވާ މައުލޫތުތަކާ ގުޅިގެން މާފުށި ޖަލު ބަލައި ފާސްކޮށްދިނުމަށް މޯލްޑިވްސް ކަރެކްޝަން ސަރވިސް އިން ދިވެހި ފުލުހުންގެ ހިދުމަތުގައި އެދިލައްވާފައިވާ ކަމަށެވެ.

އެހެންކަމުން ފުލުހުންނާއި އެމްއެންޑީއެފް އަދި ކަރެކްޝަންސް ގުޅިގެން މާފުށި ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ.