Last Updated: July 16, 18:01
Thursday, July 16, 2026
ކުޅިވަރު

ސްޕެއިންގެ ކޯޗު އިސްތިއުފާ ދީފި

ސްޕެއިންގެ ކޯޗުކަމުން ލުއިސް އެންރީކޭ އިސްތިއުފާ ދީފި އެވެ.

އެންރީކޭ ސްޕެއިންގެ ކޯޗުކަމުން ވަކިވެފައިމިވަނީ ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި މޮރޮކޯ އަތުން ބަލިވެ މުބާރާތުން އެޓީމު ކަޓާފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ ވޯލްޑް ކަޕްގެ ދެވަނަ ބުރުން ސްޕެއިން ޖެހިޖެހިގެން ކެޓި ދެވަނަ ފަހަރެވެ.

ކުރިން ބާސެލޯނާ އަށް ވެސް ކޯޗުކޮށްދިން އެންރީކޭ ސްޕެއިންގެ ގައުމީ ޓީމުން އިސްތިއުފާ ދިންއިރު އޭނާ އެޓީމާއެކު ހަދާފައިވާ ކޮންޓްރެކްޓް މި މަހުގެ ނިޔަލަށް އޮތީ ހަމަވާ ގޮތަށެވެ.

ސްޕެއިންގެ ގައުމީ ޓީމުން އެންރީކޭ އިސްތިއުފާ ދީފައިވާއިރު އޭނާގެ ބަދަލުގައި މަގާމާއި ހަވާލުވާނެ ފަރާތެއް އެގައުމުގެ ފުޓްބޯޅަ އިދާރާ އިން ހާމަކޮށްފައެއް ނުވެ އެވެ.

ސްޕެއިންގެ ކޯޗުކަމާ އެންރީކޭ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭނާގެ އިރުޝާދުގެ ދަށުން ކުޅެ ސްޕެއިނުން ވަނީ އެންމެފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި މިއަހަރު ބޭއްވި ޔޫއެފާ ނޭޝަންސް ލީގުގެ ސެމީފައިނަލަށް ވެސް ސްޕެއިން ވަނީ ދަތުރުކޮށްފަ އެވެ.