Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ދިވެހި އުފެއްދުން ރަމްޒުކޮށްދޭ ލޯގޯ އަށް 25،000ރ.

ވެލާނާ އެއާޕޯޓުގައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވަނީ

ދިވެހި އުފެއްދުންތައް ރަމްޒުކޮށްދޭ ލޯގޯއެއް ފަރުމާ ކުރުމަށް ފައިސާގެ އިނާމަކާއި އިކޮނޮމިކް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ލޯގޯ އަކީ ސައްތައިން ސައްތަ ދިވެހި އުފެއްދުންތަކެއް ކަން ރަމްޒުކޮށްދޭން، ދިވެހި އުފެއްދުންތަކުގައި ބޭނުން ކުރެވޭނެ ލޯގޯއެއް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އަދި ސްކީމުގެ ދަށުގައި ރެޖިސްޓަރކޮށް ވިއްކާ ހުރިހާ ޕްރޮޑަކްޓެއްގައި މި ލޯގޯ ބޭނުން ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލިއިރު، ލޯގޯ ފަރުމާކޮށްގެން ހޮވޭ ފަރާތަކަށް 25000ރ. ގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.

އިކޮނޮމިކް މިނިސްޓްރީން ލޯގޯ ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ދިވެހި ރާއްޖޭގައި ރެޖިސްޓްރީ ވެފައިވާ ޑިޒައިން ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށެވެ. މީގެ އިތުރުން އުމުރުން 18 އަހަރު ނުފުރުނަސް ބެލެނިވެރިއެއްގެ އިއުތިރާޒެއް ނެތް ސިޓީއަކާއި ބައިވެރިވެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކުރެއެވެ.

މި ލޯގޯ ފަރުމާ ކުރާއިރު "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ނުވަތަ މިފަދަ ބްރޭންޑް ކެމްޕެއިނަކަށް އެންމެ އެކަށޭނެ ކަމަށް ފަރުމާ ކުރާ ފަރާތައް ފެންނަ ބަހެއް ހިމަނަން ވާނެއެވެ. އަދި ބަހަށް ވުރެ ކުޑަ ފޮންޓެއްގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ލޯގޯގައި ހިމެނެން ޖެހެއެވެ.

ލޯގޯ ފަރުމާ ކުރާ ފަރާތްތަކުން އެންޓްރީ ފޯމާއި ފަރުމާ ކުރެވިފައިވާ ލޯގޯ މިމަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.